ދިވެހިރާއްޖެ
ނަމްބަރ : IUL)242/242.2017/32)
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ތައްޔާރުކުރުން:
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯއެއް ފަރުމާކުރުމަށް މިއިދާރާއިން ކުރިނަންބަރު (IUL)242/242/2017/28 (27 ސެޕްޓެމްބަރ 2017) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޕްރޮޕޯޒަލް ހުށަހަޅާފައި ނުވުމާއިއެކު ހުށަހަޅާފައިވާ ޕްރޮޕޯޒަލް ބާޠިލްކޮށް އަލުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ލޯގޯގެ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މި އަދުން ފެށިގެން 12 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.
ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން ބޭނޫންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
ތީމް އަދި ކުލަ
- ހުށަހަޅާ ލޯގޯގައި އަތޮޅުގެ މަސައްކަތްތެރިކަމާއި ތާރީޚާއި ޘަގާފަތް ރަމްޒުކޮށް ދޭންވާނެއެވެ.
- ކުލަ ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ތިރީގައި މިދަންނަވާ ކުލަތަކުގައެވެ.
255 144 30 RGB
50 205 50RGB
ހުށަހޅަންޖެހޭތަކެތި:
- ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް އަދި އެހެނިހެންފައިލްތައްހިމެނޭ ޕޮރޮޕޯޒަލް (FDF)
- ލޯގޯ (PNG)
- ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯ ޝޮޕް ފައިލް
- ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން
- ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން
- އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން
ނޯޓް:
1- ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓް ކޮޕީ ހުށަހަޅަންވާނީ ކޮރަލް x12 ނުވަތަ ފޮޓޯ ޝޮޕް CS5 އަށް ވުރެ ފަހުގެ ވާރކްޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުނަގޮތަށެވެ.
2- ލެޓަރހެޑް ހުށަހަޅަންވާނީ މައިކްރޯސޮފްޓް ވޯޑް 2010 އަށް ކޮމްޕެޓަބަލް ކޮށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 މުޙައްރަމް 1438
31 އޮކްޓޫބަރ 2017