ޢާންމު މަޢުލޫމާތު
ނަންބަރު: GS35/2017/25
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 07 ނޮވެންބަރު 2017 11:00
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން މާލެ ގެންދިއުމުގެ ދަތުރު

ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ،ދިވެހިރާއްޖެ

                                                               ނަމްބަރ : GS35/2017/25    

އިއުލާން

ބިދޭސީ ޓީޗަރުން މާލެ ގެންދިއުމުގެ ދަތުރު

                މިއަތޮޅުގައި މަސައްކަތް ކުރައްވާ 122 ބިދޭސި ޓީޗަރުން މާލެ ގެންދިއުމުގެ ދަތުރު ތިރީގައި ވާގޮތުގެ މަތީން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި ދަތުރު ކުރަން ހަމަޖެހިފައިވަނީ 1 ދަތުރަކަށެވެ.

މަޢުލޫމާތު

ދަތުރު:  ކުޑަފަރީ 9، ފޮއްދޫ 5، ލަންދޫ 7، މިލަދޫ 7، ކެނދިކުޅުދޫ 9، މާފަރު 7، މަގޫދޫ 6، މާޅެންދޫ 8، ޅޮހީ 8، ހެނބަދޫ 9، ވެލިދޫ 9، ހޮޅުދޫ 24، މަނަދޫ 14،  ޖުމްލަ 122 ޓީޗަރުން ރަށްރަށުން ނަގައިގެން 22 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 6.00 އާއި 7.00 އާއި ދެމެދު މާލެގޮސްދިނުން.  

              ކާގަޑިތަކުގައި ކެއުމާއި ސައި ބޯޓްގައި  ދަތުރު ކުރާ ޓީޗަރުންނަށް ހަމަޖައްސައި ދިނުމަކީ މިދަތުރުތައް ނަގާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ. އަދި މިދަތުރުގައި ޓީޗަރުން ފިޔަވާ އިތުރު ބަޔަކަށް ދަތުރެއް ނުކުރެވޭނެއެވެ.

              ވީމާ މިދެންނެވި ދަތުރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11.00 އަށް މިދަތުރު ކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ މަދަރުސާތަކުގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިމަދަރުސާގެ ނަމްބަރ 6560003 ފޯނާއި ގުޅުއްވުން އެދެމެވެ.

              ހުށައަޅުއްވާ އަންދާސީ ހިސާބުގައި ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަން ވާނެއެވެ.

  • ދަތުރުކުރާ އުޅަދުގެ ނަން
  • ދަތުރުކުރާ އުޅަދުގެ ސްޕީޑް ( ގަޑިއަކު ދުވާ މޭލް )
  • ދަތުރު ކުރުމަށް ހަށައަޅާގޮތުގެ ތަފްޞީލް
  • ދަތުރު ކޮށްދޭނެ އަގު
  • އުފުލޭ ފަސިންޖަރުންގެ އަދަދު

          މިދަތުރު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި ހުށައަޅާ އަގަށާއި ދަތުރު ކުރުމަށް ހުށައަޅާ އުޅަދުގެ ތަނަވަސް ކަމަށާއި އެއުޅަދުގެ ސްޕީޑަށް ބެލޭނެއެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

ހުށަހަޅާ އަގު %80

ބޯޓްގެ ޖާގަ

ބޯޓްގެ ސްޕީޑް

                              1439   B09

                              29  އޮކްޓޫބަރ 2017

 

29 އޮކްޓޫބަރު 2017