ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/141/2017/83
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 08 ނޮވެންބަރު 2017 13:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                                                 އިޢުލާން

މަގާމު:

އެސިސްޓެންޓް ޑިރެކްޓަރ   

މަޤާމުގެ ނަންބަރު:

J-269237

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޑިރެކްޓަރ

ސެކްޝަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް،  މާލެ.

މުސާރަ:

މަހަކު 7035.00ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. މަރުކަޒުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.
  2. މަރުކަޒުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. މަރުކަޒަށް ލިބޭ އިންވޮއިސްތަކަށް ފައިސާ ދައްކަން ފޮނުވަނީ ހުރިހާ ލިޔުންތަކެއް ހަމަކުރުމަށް ފަހުގައިތޯ ބަލާ ޗެކުކުރުން.
    1. މަރުކަޒުން ހިންގޭ ކޯސްތަކުގެ ސެޓްފިކެޓްސް ބެލެހެއްޓުމާއި ޑޭޓާބޭސް އަޕްޑޭޓް ކުރުން.
    2. މަރުކަޒުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތައް ތައްޔާރުކުރުން.
    3. މަރުކަޒުން ހިންގޭ ކޯސްތަކުގެ އިޝްތިހާރު ހެދުމާއި، އެހެނިހެން ގްރެފިކްސް މަސައްކަތްތައް ކުރުން.
    4. އެއްކުރެވޭ މަޢުލޫމާތު ސިސްޓަމަށް އެންޓަރކޮށް ޑޭޓާބޭހެއް ހެދުން.
    5. އިންސްޓިޓިއުޓުން ހިންގަން ބޭނުންވާ ކޯސްތައް އެމްކިއުއޭއަށް ހުށަހަޅައިގެން ކޯސްތައް އެކްރެޑިޓްކުރުމަށް މަސައްކަތްކުރުން.
    6. އިންސްޓިޓިއުޓްއިން ހިންގަން ހަމަޖެހިފައިވާ ކޯސްތަކަށް ކަރިކިއުލަމް އުފެއްދުމާއި ގެންނަންޖެހޭ ބަދަލުތައް ގެނެސް ބޭނުންވާ މެޓީރިއަލް އުފެއްދުމާއި ތައްޔާރުކޮށްފައިވާ ކަރިކިއުލަމާއި އެއްގޮތަށް ކިޔަވާދޭނެ ވަޞީލަތްތައް ތަރަށްޤީކުރާނެ ގޮތްތައް ރޭވުން.
    7. ކޮންމެ އަހަރެއް ފެށުމުން ސްޕަވައިޒްކުރާ މުވައްޒަފުންގެ މަސައްކަތުގެ ޓާގެޓު ކަނޑައަޅުމާއި އަހަރުގެ މެދުތެރެއިން މިޑްޓާމް ރިވިއު ހެދުމާއި އަދި އަހަރު ނިމުމުން  މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބަލާ ފޯމް ފުރިހަމަ ކުރުމަށްފަހު މާކްސް ދިނުން.

 

 

 

މަޤާމުގެ ޝަރުތުތައް:

1-      މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

2-      މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

3-      މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

4-      މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

 

5-      މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%30 (އިންސައްތަ).

------------------------

----------------------------------------------------------------------------------------------------------

މަގާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-239126

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ، މާލެ.

މުސާރަ:

މަހަކު 4465.00ރުފިޔާ

ސަރވިސް އެލަވަންސް:

 

އިތުރު ޢިނާޔަތްތައް:

 

 

 

 

މަހަކު 1500.00ރުފިޔާ

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ދުވަހުން ދުވަހަށް އޮފީހަށް ލިބޭ ސިޓީ، ފެކްސް، މެމޯ އަދި ނޯޓް ފަދަތަކެތި ބަލައިގަނެ އެންޓްރީ ކުރުން.
    1. ކޮންމެ ދުވަހަކު މުވައްޒަފުންގެ ހާޒިރީ އާއި މުވައްޒަފުން ބޭރަށް ދާއިރު ލިޔާ ފޮތް އަޕްޑޭޓްކޮށް ބެލެހެއްޓުން.
    2. އިންސްޓިޓިއުޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފައިލް ކުރުމާއި، ޔައުމިއްޔާއާއި ބެހޭ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުމާއި ސެކްޝަނުން އިންތިޒާމްކުރާ އެކިއެކި މީޓިންގތަކުގެ ޔައުމިއްޔާ ބެލެހެއްޓުން.
    3. ކޮންމެ 6 މަހަކުން މުވައްޒަފުންގެ ވަޒީފާ ބަޔާން ރިވިއުކޮށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ ވަޒީފާ ބަޔާން އިސްލާހުކުރުން.
    4. އެކިއެކި ބޭނުންތަކަށް މިމަރުކަޒުގެ ކްލާސްރޫމްތަކާއި ،ސެމިނަރޫމް ތައްޔާރުކުރުން.
    5. އިންސްޓިޓިއުޓްގެ މަޤާމުތަކުގެ ރަޖިސްޓްރީ އާއި މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
    6. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އާއި ނޯޓްފަދަތަކެތި ޓައިޕްކޮށް އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
      1. ދުވަހުން ދުވަހަށް މަސައްކަތު މީހުން ސްޕަވައިޒްކުރުން. އަދި ދިމާވާ މައްސަލަތައް ސްޕަވައިޒަރަށް އެންގުން.
      2. އޮފީސް ހުޅުވާ ލައްޕާ ތާވަލް ހަދައި، އޮފީސް ހުޅުވުމަށް މުވައްޒަފުންނާ ހަވާލުކުރުމާއި ޤަވާޢިދުން އޮފީސް ހުޅުވާ ލައްޕާތޯ ޗެކްކުރުމާއި ޤަވާޢިދާ ޚިލާފަށް ކަމެއްދާނަމަ އެކަން ސެކްޝަންގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން.
      3. އޮފީހުގެ ލިޔެކިއުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.
      4. ކޮންމެ ހަފްތާއަކު ވެރިންގެ ހާޒިރީ ރިޕޯޓް ބިއުރޯއަށް ފޮނުވުން.
      5. ކޮންމެ މަހެއްގެ 16 ވަނަ ދުވަހު މުވައްޒަފުންގެ ހާޒިރީގެ ކޮޕީއެއް އެޗް.އާރު ސެކްޝަނަށް ފޮނުވުން.
      6. މަރުކަޒުން ހިންގާ އެކިއެކި ކޯސްތަށް އޮންނަ ގަޑިތަށް ބަލައި މުވައްޒަފުންގެ ޑީއުޓީ ޓޭބަލް ހަދައި ޑިއުޓީއަށް ނުކުތުމަށް މުވައްޒަފުންނަށް އެންގުމާއި ޑިއުޓީއަށް ނުކުމޭތޯ ޗެކް ކުރުން.
      7. ކޮންމެ މަހެއްގައި ކުރެވުނު ކަންތައްތައް ނޯޓުކޮށް، މަރުކަޒުގެ މަންތްލީ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެ 3 ވަނަ ދުވަހުގެ ކުރީން ބިއުރޯއަށް ފޮނުވުން.
      8. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމާއި، ޤަވާޢިދުން ޑިއުޓީއަށް ނިކުތުން.

 

 

މަޤާމުގެ ޝަރުތުތައް:

6-      މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%30 (އިންސައްތަ).

--------------------

-----------------------------------------------------------------------------------------------------

މަގާމު:

އެސިސްޓެންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ   

މަޤާމުގެ ނަންބަރު:

J-246521

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް، މާލެ.

މުސާރަ:

މަހަކު 4465.00ރުފިޔާ

ސަރވިސް އެލަވަންސް:

 

މަހަކު 1500.00ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. އެސޯސިއޭޝަންތަކާއި ގުޅިގެން ހިންގޭ ޓްރެއިނިންގ ތައް ކޯޑިނޭޓުކޮށް ކުރިއަށް ގެންދިއުން.
  • ފުޓުބޯޅަ އެސޯސިއޭޝަން
  • ބާސްކެޓް ބޯޅަ އެސޯސިއޭޝަން
  1. ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ހ. ހިންގާ ޙަރަކާތްތަކާގުޅޭ ރިޕޯޓް، އެޙަރަކާތެއް ނިމޭތާ ގިނަވެގެން 1 ހަފުތާ ތެރޭގައި މަސައްކަތް ސްޕަރވައިޒްކުރާފަރާތަށް ހުށަހަޅައި ގެންނަން ފެންނަ އިސްލާޙެއް އޮތްކަމަށްވާނަމަ އެބޭފުޅެއްގެ މަޝްވަރާގެމަތިން ގެނައުން.

ށ. ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްޕަވައިޒަރާއި ޙިއްސާކުރުން.

  1. 3.  ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރިކޯޑް ފައިލް ބެލެހެއްޓުން.
  2. 4.  އިންސްޓްރަކްޓަރުންނަށް ޤަވާއިދުން ކޯސް ރަޖިސްޓްރީ އަދި ދަރިވަރުންގެ ރިކޯޑްލިބޭނެ ގޮތް ހަމަޖައްސައި ދިނުން.
  3. 5.  ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ހާޒިރީ ބެލެހެއްޓުން.
  4. 6.  ޤަވާއިދުން ހާޒިރުނުވާ ދަރިވަރުންގެ ރިކޯޑުތައް ބަލައި، ހާޒިރުނުވާ ދަރިވަރުންނަށް އެކަން އެންގުން.
  5. 7.  ދަރިވަރުންނަށް ކޯހުގެ އެސެސްމެންޓްސްތަކާއި، މޮޑިއުލްސް ބަރާބަރަށް ޙަވާލުކުރުން.
  6. 8.  ދަރިވަރުންގެ އަޚްލާޤާއިބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ދަރިވަރުންނަށް ލިބޭކުރިއެރުން ފާހަގަކޮށް، އެކަން ދަރިވަރުންނަށާއި ސެކްޝަންގެ ވެރިޔާއަށް އެންގުން.
  7. 9.  ނަތިޖާ ފޯމް، ދަރިވަރުންނަށް ޙަވާލުކުރަންޖެހޭ ދުވަހު ޙަވާލުކުރުން.
  8. 10.  އިންސްޓްރަކްޓަރުންންގެ އިރުޝާދުގެ މަތިން ދަރިވަރުންގެ ޚިޔާލާއެކު ކޯސް ރިވިއުކުރުން.
  9. 11.  ދަރިވަރުންނަށް ގެއްލޭ ކްލާސްތައް ބަލައި، އެކަން ހައްލުކުރުން.
  10. 12.  އިންސްޓްރަކްޓަރުންނާއި ދަރިވަރުންނާ ބައްދަލުކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން.
  11. 13.  ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން ޑިއުޓީއަށްނުކުތުން.
  12. 14.  މަރުކަޒުގެ ލައިބްރަރީއަށް ލިބޭ ފޮތްތައް އެކްސެޝަން ހަދައި ސިސްޓަމަށް އެޅުން.
  13. 15.  ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ފޮތް ދޫކުރުމާއި މުއްދަތު ހަމަވުމުން ފޮތް އަނބުރާ ހޯދުން.

16.  ލައިބްރަރީ އަށް ފޮތް ގަތުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން

  1. 17.  މަރުކަޒުން ހިންގާ އެކިއެކި ހަރަކާތްތަކާއި ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ކޮންސަލްޓަންޓުންނަށް މަރުކަޒުގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން ދިނުން.

 

 

 

މަޤާމުގެ ޝަރުތުތައް:

  • މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%30 (އިންސައްތަ).

-----------------------

-----------------------------------------------------------------------------------------------------

މަގާމު:

އެސިސްޓެންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް ސްޕޯޓްސް  

މަޤާމުގެ ނަންބަރު:

J-246493

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް، މާލެ.

މުސާރަ:

މަހަކު 5020.00ރުފިޔާ

ސަރވިސް އެލަވަންސް:

 

މަހަކު 1500.00ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ފިޓްނަސް އެސެސްމަންޓް ލެބް ތަރަށްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މަރުކަޒުގެ ޑިރެކްޓަރ  އާއި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުން.
  2. ކޮންމެ ދުވަހަކު މަރުކަޒުގެ ޖިމްގެ މެޝިނުތައް ޗެކްކޮށް މައްސަލަ ޖެހިފައިވާ މެޝިންތަކާއި ސަރވިސް ކުރަން ހުރި މެޝިންތައްބަލައި ކަނޑަ އެޅިފައިވާ މުއްދަތުގައި ސާރވިސް ކުރުވުމާއި ދިމާވާ މައްސަލަތައް ސްޕަވައިޒަރުގެ އިރުޝާދުގެ މަތީން ހައްލު ކުރުން.
  3. ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

ހ. ހިންގާ ޙަރަކާތްތަކާގުޅޭ ރިޕޯޓެއް، އެޙަރަކާތެއް  ނިމޭތާ ގިނަވެގެން 1 ހަފުތާ ތެރޭގައި މަސައްކަތް ސްޕަރވައިޒްކުރާފަރާތައް ހުށަހަޅައި ގެންނަން ފެންނައިސްލާޙެއް އޮތްކަމަށްވާނަމަ އެބޭފުޅެއްގެ މަޝްވަރާގެމަތިން ގެނައުން.

ށ. ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްޕަވައިޒަރާއި ޙިއްޞާކުރުން.

  1.  އެސޯސިއޭޝަންތަކާއި ގުޅިގެން ހިންގޭ ޓްރެއިނިންގތައް ކޯޑިނޭޓުކޮށް ކުރިއަށް ގެންދިއުން.
  • ފިޓްނަސް ކޯސް
  • ޓޭބަލް ޓެނިސް އެސޯސިއޭޝަން
  •    ނެޓްބޯލް އެސޯސިއޭޝަން
  1. ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރިކޯޑް ފައިލް ބެލެހެއްޓުން.
  2. އިންސްޓްރަކްޓަރުންނަށް ޤަވާއިދުން ކޯސް ރަޖިސްޓްރީ އަދި ދަރިވަރުންގެ ރިކޯޑްލިބޭނެ ގޮތް ހަމަޖައްސައި ދިނުން.
  3. ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ހާޒިރީ ބެލެހެއްޓުން.
  4. ޤަވާއިދުން ހާޒިރުނުވާ ދަރިވަރުންގެ ރިކޯޑުތައް ބަލައި، ހާޒިރުނުވާ ދަރިވަރުންނަށް އެކަން އެންގުން.
  5. ދަރިވަރުންނަށް ކޯހުގެ އެސެސްމެންޓްސްތަކާއި، މޮޑިއުލްސް ބަރާބަރަށް ޙަވާލުކުރުން.
  6. ދަރިވަރުންގެ އަޚްލާޤާއިބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ދަރިވަރުންނަށް ލިބޭކުރިއެރުން ފާހަގަކޮށް، އެކަން ދަރިވަރުންނަށާއި ސެކްޝަންގެ ވެރިޔާއަށް އެންގުން.
  7. ނަތިޖާ ފޯމް، ދަރިވަރުންނަށް ޙަވާލުކުރަންޖެހޭ ދުވަހު ޙަވާލުކުރުން.
  8. އިންސްޓްރަކްޓަރުންންގެ އިރުޝާދުގެ މަތިން  ދަރިވަރުންގެ ޚިޔާލާއެކު ކޯސް ރިވިއުކުރުން.
  9. ދަރިވަރުންނަށް ގެއްލޭ ކްލާސްތައް ބަލައި، އެކަން ހައްލުކުރުން.
  10. އިންސްޓްރަކްޓަރުންނާއި ދަރިވަރުންނާ ބައްދަލުކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން.
  11. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމާއި، ޤަވާޢިދުން ޑިއުޓީއަށް ނިކުތުން.
  12. މަރުކަޒުން ހިންގާ އެކިއެކި ހަރަކާތްތަކާއި ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ކޮންސަލްޓަންޓުންނަށް މަރުކަޒުގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން ދިނުން. 
  13. މަރުކަޒުން ހިންގޭ ކޯސްތަކުގެ ސެޓްފިކެޓްތައް ބެލެހެއްޓުމާއި، ކޯހުގެ ބައިވެރިންގެ ޑާޓާބޭސް އެއް ތައްޔާރުކޮށް ފަސޭހައިން ފެންނާނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  14. މަރުކަޒުން ހިންގޭ އެކިއެކި ކޯސްތަކުގެ ސްޓެފިކެޓްތައް ތައްޔާރުކޮށް ސޮއިކުރުވުން
  15. މަރުކަޒުން ހިންގާ ކޯސްތަކުގެ އިޝްތިހާރު ހެދުމާއި، އެހެނިހެން ގްރެފިކްސް މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

  • މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

 

  • މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%30 (އިންސައްތަ).

------------------------

----------------------------------------------------------------------------------------------------

 

 

މަގާމު:

މަސައްކަތު    

މަޤާމުގެ ނަންބަރު:

J-246602

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް، މާލެ.

މުސާރަ:

މަހަކު 3100.00ރުފިޔާ

ސަރވިސް އެލަވަންސް:

 

މަހަކު 1000.00ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  • މަރުކަޒުގެ އޮފީސްބައި ކޮންމެ ދުވަހަކު ފޮޅާސާފުކުރުމާއި ހަފްތާއަކު މަދުވެގެން 1 ފަހަރު އޮފީސްތެރެ ވެކިއުމް ކުރުން.
  • ކޮންމެ ދުވަހަކު އޮފީހުގެ މޭޒުތަކާއި ގޮނޑިތަކާއި ކަބަޑުތަކާއި ކުޑަދޮރުތައް ފޮހެ ސާފުކުރުން.
  • ކޮންމެ ދުވަހަކު ސްޓާފުންގެ ފާޚާނާއާއި ކްލާސްރޫމްތަކުގެ ފާޚާނާތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  • ކޮންމެ ދުވަހަކު މަރުކަޒުގެ ކްލާސްރޫމްތަކާއި ސެމިނަރ ރޫމް އާއި މީޓިންގ ރޫމް ފޮޅާ ސާފުކޮށް ބެލެހެއްޓުން. (މޮޕްލާން ޖެހޭ ތަންތަނުގައި ކޮންމެ ދުވަހަކު މޮޕުލައި ސާފުކުރުން)
  • ކޮންމެ ދުވަހަކު މަރުކަޒުގެ ސައިކޮޓަރި ސާފުތާހިރުކޮށް ބެހެއްޓުން.
  • ކޮންމެ ދުވަހަކު މަރުކަޒުގެ ގޯތިތެރެ ކުނިކަހާ ސާފު ކުރުމާއި ގަސްތައް ބެލެހެއްޓުން.
  • މަރުކަޒުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

 

މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

 

 

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%25 (އިންސައްތަ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް

ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި އިދާރާގެ www.youth.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެންބަރު 8 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 15 ނޮވެންބަރު 2017  އާއި 14 ޑިސެންބަރު 2017  އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.


                                      10 ޞަފަރު 1439

30 އޮކްޓޫބަރު 2017