ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)275-BF/275/2017/22
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 07 ނޮވެންބަރު 2017 13:30
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފީވަކު ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ހޯދުން

އިޢްލާން

ރަށު ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                  މި އިދާރާއަށް ރަށު ޕިކަޕެއް ހޯދަން ބޭނުންވާތީ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ރަށު ޕިކަޕެއް ސަޕްލައި ކޮށްދޭން ޝަޢުޤުވެރިވެލައްވާ، ދިވެހި ސަރުކާރުގެ ކަމާއިބެހޭ އިދާރާގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، މި އިދާރާއަށް ރަށު ޕިކަޕް ސަޕްލައިކޮށް ދިނުމުގެ ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން 05 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި ފޮނުވާ މީހުންގެ އަތުގައި އެމީހާ ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއާއި ފޮނުވޭ ފަރާތުގެ އައި.ޑީ ކާޑު ނެތް މީހުން ބައްދަލުވުމުގައި ބައިވެރި ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

30 އޮކްޓޫބަރު 2017