މަސައްކަތް
ނަންބަރު: GS07/IUL/2017/018
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 05 އޮކްޓޫބަރު 2017 11:00
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

    ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                       ނަމްބަރު:GS07/IUL/2017/018

އިޢުލާން

                ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.....................           .

                                                  

އަންދާސީހިސާބު ހުށައެޅުމުގެ ދަޢުވަތު   

        

     މިމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓު އުޞޫލުން 2018 ވަނަ އަހަރު މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

           މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގެ މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2017 ނޮވެމްބަރ 05 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށައެޅުއްވުމާއި، ކެނޑުން

2017 ނޮވެމްބަރ 12 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

10 ޞަފަރު 1439

30 އޮކްޓޯބަރ 2017

30 އޮކްޓޫބަރު 2017