ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަންބޭނުންވެއްޖެ:
2018 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ: GS-180/2017/287 އާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކުރުގެ ބައްދަލުވުމަށް އެކިފަރާތްތަކުން ހާޞިރުވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެކަމަށްއެދި އިޢުލާންކުރަމެވެ.
2018 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުޠުތައް ފުރިހަމަވާގޮތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
- 3 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި).
- މަދުވެގެން 1 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން.
- ސިޓިންގރޫމް (ފަރުނީޗަރާއެކު).
- ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް، ވަކި މީޓަރެއް ލާފައިވުން.
- ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން.
- ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށިތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު).
- ގޭތެރޭ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުޞީލް |
ތަން |
ތާރީޚާއި ގަޑި |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
މަޑިފުށީ ސްކޫލުގެ އޮފީސް |
05 ނޮވެންބަރ 2017 ވާ އާދިއްތަ ދުވަހުގެ 11:00ގައި |
އަންދާސީހިސާބު ހުށަހެޅުން |
މަޑިފުށީ ސްކޫލުގެ އޮފީސް |
09 ނޮވެންބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
30 އޮކްޓޯބަރ 2017