ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/2017/ 33
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 07 ނޮވެންބަރު 2017 13:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ލޭބަރފޯރސް ޕައިލެޓް ސަރވޭ 2017 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

އިޢުލާން

 

 ލޭބަރފޯރސް ޕައިލެޓް ސަރވޭ 2017 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

 

މިބިއުރޯއިން 27 ސެޕްޓެމްބަރ 2017 ގައި އެނިއުމަރޭޓަރުން ހޯދުމަށް ކުރެވުނު ނަންބަރު:(IUL) 457-HR/1/2017/30، އިޢުލާނުގައި މިސާރވޭގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑި ބަދަލުވުމުގެ ސަބަބުން މިއިއުލާން ބާތިލްކުރިވާހަކަ މައުލޫމާތައްޓަކައި ދަންނަވާލަމެވެ.

 

މިބިއުރޯގެ ފަރާތުން މިއަހަރުގެ 20 ނޮވެމްބަރ 2017 ގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާ "ލޭބަރފޯރސް ޕައިލެޓް ސަރވޭ 2017" ގައި ހަރަކާތްތެރިވުމަށް 12 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރި، ބޯހިމެނުން، ގޭބިސީގެ އާމްދަނީއާއި ޙަރަދު ކުރުން ހުރިގޮތުގެ ސަރވޭ، ޑިމޮގްރަފިކް ހެލްތް ސަރވޭ ފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. 

 

އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150ރ ގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/300ރ ގެ މަގުން އެލަވަންސެއް އަދި ފުރިހަމައަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ކެއުމުގެ އެލަވަންސްގެ ގޮތުގައި -/60 ރުފިޔާ ވެސް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފްތާއަކު 05 ދުވަހު، ހެދުނު 8:15 އިން 14:00އަށް މަސައްކަތް ކުރިއަށްދާނެއެވެ. އަދި މިސަރވޭގެ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިބިއުރޯއިން އަލަށް ބޭނުންކުރަންފަށާ ޓެކްނޮލޮޖީ،  CAPI (ކޮމްޕިއުޓަރ އެސިސްޓަޑް ޕާރސަނަލް އިންޓަވިއު) ބޭނުންކޮށްގެންނެވެ.

 

މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމް، މިބިއުރޯގެ (ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ދާރުލް އިމާން ބިލްޑިންގ 9 ވަނަ ފަންގިފިލާ ކައުންޓަރުންނާއި މިބިއުރޯގެ ވެބްސައިޓުން (http://www.statisticsmaldives.gov.mv/)  ލިބެން ހުންނާނެއެވެ.

 

ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަން ފޯމް ފުރިހަމަކުރުއްވުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 07 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ([email protected]) ނުވަތަ ފެކްސް )3327351( ވެސް ގަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008457 އަށް ގުޅުއްވުން އެދެމެވެ.

 

30 އޮކްޓޫބަރު 2017