ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2017/28
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 08 ނޮވެންބަރު 2017 13:50
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް :ކޮމްޕިއުޓަރ ޓެކްނީޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި ޑިޕާޓްމަންޓްގެ ތިރީގައި މިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމްގެ ނަމްބަރު:

J-211905

ބޭނުންވާ އަދަދު:

01

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން/ ޔުނިޓް:

ކޯޕަރޭޓް އެފެއާޒް / އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރް

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ، މާލެ

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ރަސްމީ މަސައްކަތު ގަޑި:

8:00 އިން 14:00 އަށް

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މި މަޤާމަށް އެއްވެސް އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ދޭން ނިންމަވައިފިނަމަ އެފަދަ އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އޮފީހުން ހިންގާ ކަންތައްތަކަށް އައި.ޓީ އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ސަޕޯޓް ދިނުން.
  2. އޮފީހަށް ހޯދަން ބޭނުންވާ އައި.ޓީ އާއި ބެހޭ ތަކެތި ހޯދުމަށް ދޭންޖެހޭ ސަޕޯޓް ދިނުން.
  3. އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ގެންނަ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އައިޓީ އިކުއިޕްމަންޓް އިންސްޓޯލްކުރުން.
  4.  އައި.ސީ.ޓީގެ ދާއިރާއިން ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުން.
  5. އޮފީހުގެ ވެބްސައިޓް އަޕްޑޭޓް ކުރަމުން ގެންދިއުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  6. އޮފީހުގައި ބޭނުންކުރާ ސަރވަރތައް (ޑޮމެއިން ކޮންޓްރޯލަރ ޑީ.އެން. އެސް. / ޑީ. އެޗް. ސީ. ޕީ / މެއިލް ސާރވަރ) ސެޓަޕް ހެދުމާއި  ބެލެހެއްޓުން.
  7. އޮފީހުގައި ބޭނުންކުރާ އެޕްލިކޭޝަންތައް އިންސްޓޯލް ކުރުމާއި އަޕްޑޭޓްކުރުން.
  8. އޮފީހުގެ ނެޓްވަރކް ތެރޭ ހިމެނޭ ސިސްޓަމްތަކުގައިވާ ޑޭޓާ އާއި މައުލޫމާތުގެ ބެކަޕް ނެގުމާއެކު ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދިޔުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  9. އޮފީހުގެ ނެޓްވަރކް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. އޮފީހުގެ މެޝިނަރީސް އަދި އިކުއިޕްމަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  11. އޮފީހުގެ ސެކިއުރިޓީ ކެމެރާ ސިސްޓަމްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  12. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމްގެ ޝަރުޠުތައް:

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި)  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި)  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި)  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ: އިންފޮމޭޝަން ޓެކްނޮލޮޖީ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި މަޤާމަށް މީހަކު ހޮވުމަށް ސިވިލް ސަރވިސްގެ ޤަވާއިދާއި އުސޫލާއި އެއްގޮތަށް ތިރީގައި މިވާ ކަންކަމުގެ މައްޗަށް ބެލޭނެއެވެ. އަދި މިކަންކަން އިންޓަރވިއު އާއި ޕްރެކްޓިކަލް އިން ސާބިތުކޮށްދޭންވާނެއެވެ.

 

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތު:ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތް ބަޔާންކޮށްފައި).

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

9.ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމް ވަޒީފާއަށް އެދޭ ފޯމާއިއެކު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017  ނޮވެންބަރު 08 ވާ ބުދަ ދުވަހުގެ 13:50 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ.   އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ،  2017 ނޮވެންބަރު 16 އާއި 2017 ނޮވެންބަރު 22 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު އަދި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި މަގާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތާރީޚާއި ގަޑި އެކަމާއި ގުޅޭ އެހެނިހެން މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

29 އޮކްޓޫބަރު 2017