މަސައްކަތް
ނަންބަރު: (IUL)438-ENV/438/2017/214
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 14 ނޮވެންބަރު 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާޙަދާއެއްކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަގެ ދަށުން 2020ގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން 2018 ވަނައަހަރު ރާއްޖެއަށް މިގޭސް އެތެރެކުރަން ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް 15 އޮކްޓޯބަރ 2017 ގައި ކުރެވުނު ނަންބަރު IUL)438-ENV/438/2017/204) އިއުލާނަށް އެކަށީގެންވާވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީވެ އެއިޢުލާން ބާތިލްކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 2018 ވަނައަހަރު ދިވެހިރާއްޖެއަށް ކަނޑައަޅަފައިވާ އެޗް.ސީ.އެފް.ސީގެ ކޯޓާއަކީ 22 މެޓްރިކްޓަނެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމުން ބީލަން ފޮތްތަކުގެ އިލެކްޓްރޯނިކް ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ.

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. ބަންދުކުރެވިފައިވާ ބީލަންތައް 14 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަން ވާނެއެވެ. އިލެކްޓްރޯނިކް އުޞޫލަކުން ހުށަހެޅޭ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. އަދި މަޢުލުމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައްވެސް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ޙާޟިރުވެ ވަޑައިގަންނަވާ ބީލަންހުށަހަޅާ ފަރާތްތަކުގެ މަންދޫބުންގެ ހާޟިރުގައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ،ދިވެހިރާއްޖެ

ފޯން: 3018369  3018366 ފެކްސް: 3018301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv       

 

29 އޮކްޓޫބަރު 2017