ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GZS/2017/50
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 06 ނޮވެންބަރު 2017 14:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީފާގެ ފުރުސަތު

މިޢިއުލާނަކީ މިސްކޫލު އިއުލާން ނަންބަރު (ILU)GZS/2017/44 ގައިޝަރުތު ކަނޑައެޅިފައިވާގޮތަށް ބަދަލުތަކެއް ގެންނަން ޖެހުމާއި ގުޅިގެން ޢިއުލާން ބާތިލްކޮށް އަލުން އެމަޤާމަށް ކުރެވިފައިވާ އިއުލާނެކެވެ.

 

މަޤާމް:

ޕްރިންޓަރ

މަގާމު ނަންބަރު

J-235504

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

(ދާއިމީ)

މަޤާމުގެ ރޭންކް:

އެސް.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ސެކްޝަން:

އެކަޑަމިކް  ސެކްޝަން

މަޤަމްއޮތް އޮފީސް:

ޣާޒީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޣާޒީ ސްކޫލް، ހުޅުމާލެ

މުސާރަ:

3875.00 ދިވެހި ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ދިވެހި ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޗާޕުކުރަންޖެހޭ ޓެސްޓު ޕޭޕަރު، ނޯޓިސް، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ގަޑިއަށް ޗާޕުކޮށްފައި ޙަވާލުކުރުން.
  2. ޕްރިންޓްކުރާ ތަކެތީގެ ކޮޕީ ފައިލްކޮށް ބެލެހެއްޓުން
  3. ބައިންޑްކުރުމާއި ލެމިނޭޓްކުރުން
  4. ޕްރިންޓިންގ ރޫމްގައި ހުންނަ ހުރިހާ މެޝިނަރީއާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި އެތަކެތި ބެލެހެއްޓުން
  5. އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާ ތަކެތި ވެރިއެއްގެ ލަފާގެ މަތިން ފޮޓޯކޮޕީ ހަދައިދިނުން
  6. ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕްމެޝިން އަދި އެހެނިހެން ޕްރިންޓަރތައް ރަގަޅަށް ސާފުކޮށް ބެލެހެއްޓުމާއި އެކު މެޝިނަކަށް މައްސަލައެއް މެދުވެރި ވެއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ކަމާބެހޭ ވެރިއަކަށް ވަގުތުން ދިނުމާއި އެކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން މަސައްކަތް ކުރުން.
  7. ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާހާއި ދެލި ފަދަ ތަކެތި ދުރާލާ ހޯދުން
  8. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާޞިލްކޮށްފައި ވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • އިންފޮރމޭޝަން ޓެކްނޮލޮޖީ އާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ ދާއިރާ

  • އިންފޮރމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޣާޒީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބަލާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބަލާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ)  ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ)  ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓީއުޓްޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފެއްގެ އަދަދު ބަޔާންކޮށް އެ އޮފިހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޣާޒީ ސްކޫލުގެ އޮފީހަށެވެ. އަދި ސިވިލް ސަރވިސް ގެ   ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  
  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017  ނޮވެމްބަރ 06 ވާ (ހޯމަ)  ދުވަހުގެ 14:00 ގެ ކުރިން، ޣާޒީ ސްކޫލް އެޑްމިން އޮފީހަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.
  • އީ-މެއިލް އެޑްރެސް: [email protected]  (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.)
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

(ހ) މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 07 ނޮވެމްބަރ 2017 ވާ (އަންގާރަ)  ދުވަހު  ޣާޒީ ސްކޫލްގައިއެވެ.

(ށ)  މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މިމަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާރކްސްގެ ޖުމްލަ އިންސައްތަ %25 )ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3350744 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

09 ސަފަރު 1439

29 އޮކްޓޯބަރ 2017

29 އޮކްޓޫބަރު 2017