ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)383/383/2017/1019 (10 އޮކްޓޯބަރ 2017) އިޢުލާނާއި ގުޅިގެން ބިޑުހުށަހަޅަން ހާޞިރުވީ 2 ފަރާތުން ކަމަށްވާތީވެ، އެއިޢުލާން ބާޠިލްކޮށް ކައުންސިލްގެ އިދާރާ މަރާމާތުކުރުމުގެ މަސައްކަތަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2017 ނޮވެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. އަދި މިކަމަށް އެދިލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ 2017 ނޮވެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.