ކުއްޔަށް ދިނުން
ނަންބަރު: MREIC/IU/2017/0028
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 15 ނޮވެންބަރު 2017 13:30
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އދ.ދިގުރަށް އެމްޓީސީސީ ފެރީ ޓާރމިނަލް ބިނާ ކުރުމަށް ކަންޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން

 ނަންބަރު:MREIC/IU/2017/0028

 

ކުއްޔަށް ދޫކުރުން

 

އދ.ދިގުރަށް އެމްޓީސީސީ ފެރީ ޓާރމިނަލް  ބިނާ ކުރުމަށް ކަންޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން:

އދ.ދިގުރަށް ފެރީ ޓާރމިނަލް އެޅުމަށް ކަނޑައެޅިފައިވާ 3371.00 އަކަފޫޓު ބިން އަމިއްލަ ޙަރަދުގައި ތަރައްޤީކުރާނެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ނުވެމްބަރު 02 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، އދ.ދިގުރަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމުން، މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުން އޮންނާނީ 2017 ނޮވެމްބަރު 15 ވާ ބުދަ ދުވަހު 13:30 ގައި އދ.ދިގުރަށް ކައުންސިލްގެ އިދާރައިގައެވެ.

އަންދާސީހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާނީ އދ.ދިގުރަށް ކައުންސިލް އިދާރާއަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށައަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

06 ސަފަރު 1439

26 އޮކްޓޯބަރ 2017

                                       

 

A subsidiary of MTCC

26 އޮކްޓޫބަރު 2017