ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-A/330/2017/70
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 05 ނޮވެންބަރު 2017 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ (25 އޯގަސްޓް 2018 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން)

މަޤާމުގެ ނަމްބަރ: J-291103

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ސެކްޝަން: ކޯޕަރޭޓް އެފެއާރޒް

މަޤާމް އޮތް އޮފީސް: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން : މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ/ކ.ކާށިދޫ

މުސާރަ: މަހަކު 4465/- ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު 1500/-  ރުފިޔާ

 

އިތުރު އިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1.  މިއިދާރާ ހުޅުވާލައްޕަންޖެހޭ ޙަލަތްތަކުގައި އެކަންކުރުން

2. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ވަޒީފާތަކަށް މުއައްޟަފުންހޯދުމާއި މުއައްޟަފުން ވަކިކުރުމާއިބެހޭ އެއްމެހާ ކަންތައް ސިވިލް ސާވިސް ގަވަޢިދާ އެއްގޮތަށް ކުރުން

3. ޒިންމާދަރު ވެރިޔާގެ މަޝްވަރާގެމަތިން މުއައްޟަފުންނާއިމެދު ފިޔަވަޅުއެޅުމާއި އަންގަންޖެހޭ އެންގުންތައް އެންގުން

 4. ސިވިލްސާވިސްގައި ނުހިމެނިނަމަވެސް ކައުންސިލްއިދާރާއަށް ހޯދަންޖެހޭ މުއައްޟަފުން ހޯދުމާއި އެކަމާބެހޭ އެއްމެހާ ކަންތައް ހިންގާ ބެލެހެއްޓުން (ރެކޯޑް ބެލެހެއްޓުން)

5. ވަކި މުއައްޟަފަކާއި ޙަވާލުކޮށްފައިނުވާ، ރަށުކައުންސިލުން ދޭންޖެހޭނެކަމަށް ގާނޫނަކުންކަޑައަޅާ ޚިދުމަތްތައްދިނުން

6. ކައުންސިލްގެ އުމުރުގެތެރޭގައި ކައުންސިލްގެމެމްބަރަކު ނުވަތަ މެމްބަރުންތަކެއް ވަކިވެއްޖެނަމަލަސްވެގެން 45 ދުވަހުގެތެރޭގައި ކައުންސިލަށް މެމްބަރު ނުވަތަ މެމްބަރުން އިންޠިޚާބުކުރުމުގެ ކަންތައް ކަމާއިގުޅޭ މުއައްސަސާތަކައި ގުޅިގެންކުރުން

7. އިލެކުޝަންސް ކޮމިޝަނުން ރާވާއުޞޫލެއްގެ މަތީން އިންތިޙާބުތަކާބެހޭ އެއްމެހާކަންތައް ހިންގާ ބެލެހެއްޓުން (ލިއެކިއުންބަދަލުކުރުމާއެކު)

8. ލާމަރުކަޒީގާނޫނުގެ 108 ވަނަމައްދާގެ ހ އާއި ށ ގައިބުނެފައިވާ ރިޕޯރޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުން

9. ލާމަރުކަޒީގާނޫނުގެ 109 ވަނަމާއްދާގެ ހ ( ކޮންމެއަހަރެއްގެ ޖުލައި 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ6 މަހު) ،ށ (ކޮންމެ އަހަރެއްގެ ޖެނުއަރީ 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު ) ކައުންސިލުން ހިންގި ހަރާކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

10. ކައުންސިލް އިދާރާގެ މުއައްޟަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ފާހަގަކޮށް އެފަދަފުރުޞަތުތައް މުއައްޟަފުންނަށް ހަމަހަމަ އުސޫލަކުން ހޯދަދިނުން

11. އިދާރާއަށް ޒިޔާރަތް ކުރާ އިއްޒަތްތެރިންނަށްމަރުހަބާ ދެންނެވުމާއި މެޙުމާނުދަރީ އަދާކުރުމުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުން

12. ކައުންސިލް އިދާރާއިން ބައިވެރިވާ ނުވަތަ ބައިވެރިކުރާ މުބާރާތްތަކުގެއިދާރީމަސައްކަތްތައްކުރުވުމާއިބެލެހެއްޓުމުގެ އިތުރުން ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތަކުގެ އިދާރީއެއްމެހާ ކަންތައް ބެލެހެއްޓުން

13. ކައުންސިލްއިދާރާއަށްލިބޭ އެކިއެކި ކޯސްވާކުޝޮޕް، ބައްދަލުވުން، ސެމިނާތަކަށް ފޮނުވާނެފަރާތްތަކައި ފޯކަލްޕޮއިންޓްގެގޮތުގައި ކަޑައަޅަންޖެހޭ ފަރާތްތައް ސެކުޝަންހެޑްގެމަޝްވަރާގެމަތިންކަޑައަޅާ އަންގަންޖެހޭފަރާތްތަކަށް ޤަޥަޢިދުންއެންގުން

 14. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެއްމެހާކަންތައްތައް ރޭވުމާއި، ހިންގުމާއި، ތަރައްޤީކޮށް، ބެލެހެއްޓުން

15. އަރުވާލާމީހުންނާއި ފޮނުވާލާ މީހުންގެ އިތުރުން ބަންދުކުރެވޭމީހުންގެ ކަންތައް ޤަވަޢިދުން ބެލެހެއްޓުން (އެފަދަމީހުންގެ ރަޖިސްޓްރީއެއް އޮތުމާއެކު)

16. ފިލައިގެން އުޅޭމީހުންނާއި އެކިފަރާތްތަކުންހޯދާ މީހުންނާއިގުޅޭގޮތުން އަންނަމައްސަލަތައް ބަލާޖަވާބުދިނުން އަދި އެފަދަ މީހުންނާއި މެދު ކަމާބެހޭފަރާތްތަކުން އަންގާގޮތެއްގެ މަތީން ފިޔަވަޅު އެޅުން

17. ލާމަރުކަޒީ ޤާނޫނުގެ 24 ވަނަމާއްދާގެ "އ" ގައި ލާޒިމުކުރާ ލައިބުރަރީގެ ޚިދުމަތް ދިނުން(ޔުނިޓް ހެޑުގެ މަޝްވަރާއާއިއެކު ކައުންސިލުން ކަޑައަޅާ ގޮތެއްގެ މަތިން ލައިބުރަރީއެއް ޤާއިމުކޮށް އަންނަނިވި ޚިދުމަތްތައް ދިނުން)

- ރަށުގެ ރަސްމީ ލިއުންތައް އަރުޝީފުކުރުން

- ރަށުގެ ތާރީޚީ އަދި ގަދީމީ ލިއުންތައް ރައްކާތެރިކަމާއެކު ލައިބުރަރީގައި ބެލެހެއްޓުން - ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ލައިބުރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޟާމު ހަމަޖެއްސުން

18. މީގެއިތުރުން ކައުންސިލް އިދާރާގެ މަސައްކަތްތަކާއިގުޅޭގޮތުން އިދާރާގެ ވެރިން އަންގަވާ ކަންތައްތައްކުރުމާއި އެހެންމުއައްޟަފުންނަށް އެހީތެރިވެދިނުން

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.6

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ  ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 05 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 06 ނޮވެމްބަރު 2017 އާއި 09 ނޮވެމްބަރު 2017 އާ ދެމެދު މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ ެވެ.    ވީމާ މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6645377 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6645377 އެވެ. އީ-މެއިލް ކުރާނީ، [email protected]   އަށެވެ.

06 ޝަފަރު   1439 

26 އޮކްޓޯބަރ  2017

26 އޮކްޓޫބަރު 2017