ދިވެހިރާއްޖެ
އިޢްލާނު
ރ.އަނގޮޅިތީމުގެ ބަނދަރު ސަރަޙައްދުން ވިޔާފާރި ކުރުމަށް ބިންދޫކުރުން:
ރ.އަނގޮޅިތީމު ބަނދަރުން ވިޔަފާރި ކުރުމަށް 1750 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)301-PN/301/2017/48 (26-9-2017) އިޢްލާނާއި ގުޅިގެން 2 ބިމަށް ބިޑް ހުށަހަޅައި ވަނީ ކާމިޔާބުކޮށްފައެވެ. އަދި އިތުރު 2 ބިން (ޕްލޮޓް ނަންބަރު 2 އަދި 3) ހުސްކޮށް އޮތުމުން މިބިންތަކުގައި ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. ދިގު މުއްދަތަށް ދޫކުރާ މިބިންތަކުގައި ޢިމާރާތްކޮށް، ވިޔަފާރި ކުރާނީ އަމިއްލަ ތަކެތީގައެވެ. ޢިމާރާތް ކުރާނީ މިއިދާރާއިން ކަނޑައަޅާ މަޢްލޫމާތާއި އެއްގޮތަށެވެ.
މަޢްލޫމާތު ސާފުކުރުން:
- މަޢްލޫމާތު ދިނުން އޮންނާނީ 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ.
- މަޢްލޫމާތު ސާފުކުރުމަށް ޙާޒިރުވާއިރު، ޙާޒިރުވާ ފަރާތުގެ އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ.
- ބަދަލުގައި އަންނަނަމަ، ކޮންފަރާތެއްގެ ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި ފޮނުވާފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ / ރަޖިސްޓްރީ ކޮޕީ އެޓޭޗްކޮށްފައިވާ އޮންނަންވާނެއެވެ.
- އެކަކަށް 2 ފަރާތެއްގެ ނަމުގައި މަޢްލޫމާތު ސާފެއް ނުކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ.
- ބިޑް ހުށަހަޅާ ފަރާތަކަށް އެހެން ފަރާތެއްގެ ނަމުގައި ބިޑް ހުށައެއް ނޭޅޭނެއެވެ.
މަޢްލޫމާތު ފޯމް ވިއްކާނީ ރަސްމީ ކޮންމެ ދުވަހެއްގެ 8:00އިން ފެށިގެން 13:00 ގެ ނިޔަލަށް މިއިދާރާއިންނެވެ. މަޢްލޫމާތު ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރ (އެއްސަތޭކަ ރުފިޔާ) އަށެވެ. ކޮންމެ ބިމަކަށް ވަކިފޯމެކެވެ. އެއް ޕްރޮޕޯސަލް އަށްވުރެ ގިނަ ޕްރޮޕޯސަލް އެކަކަށް ހުށަހެޅި ދާނެއެވެ. ނަމަވެސް އެންމެ ގިނަވެގެން އެކަކަށް އަގު / ޕްރޮޕޯސަލް ހުށަހެޅޭނީ 02 ބިމަށެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
06 ޞަފަރު 1438
26 އޮކްޓޯބަރ 2017