ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)151-CSS/1 /2017/2
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 16 ނޮވެންބަރު 2017 12:00
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްނީޝަން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަގާމު

ޓެކްނީޝަން

މަގާމުގެ ނަންބަރު:

J-231817

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ޓެކްނިކަލް ރެގިއުލޭޝަންސް ސެކްޝަން

މަގާމު އޮތް އޮފީސް

މޯލްޑިވްސް އެނަރޖީ އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް އެނަރޖީ އޮތޯރިޓީ/ މާލެ

މުސާރަ:

-/5،020ރުފިޔާ

ސަރވިސް އެލަވަންސް:

-/1،500ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

-/1،757ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  ( މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް )

މަގާމުގެ ޝަރުތު

  1. އިލެކްޓްރިކަލް ނުވަތަ ހަކަތައާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އިލެކްޓްރިކަލް ނުވަތަ ހަކަތައާއި ގުޅޭ ދާއިރާއަކުން  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އެނަރޖީ އޮތޯރިޓީން މާލެއާއި މާލޭން ބޭރުގައި ހިންގާ އެކިއެކި ޓެކްނިކަލް އިންސްޕެކްޝަން މަސައްކަތްތަކުގައި އެހީތެރިވުން.
  2. ކަރަންޓުގެ ނިޒާމުތައް މޮނިޓަރކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  3. ޤަވާޢިދުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި އަދި އިސްލާހުކުރުމުގައި އެހީތެރިވުން.
  4. މި ނޫނަސް އޮފީހުން ރާވާ ހިންގާ ދާއިރާގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. އިލެކްޓްރިކަލް ދާއިރާއިން ތައުލީމާއި ތަޖްރިބާ ލިބިފައިވުން.
  2. ރާއްޖޭގެ ކަރަންޓްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު
  3. ރިނިއުބަލް އެނަރޖީ ނުވަތަ ހަކަތައާއި ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން
  4. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ދާއިރާއާއި ގުޅޭ އިތުރު ސޮފްޓްވެއަރ ބޭނުންކުރަން އެގުން
  5. ދިވެހި ބަހާއި، އިނގިރޭސިބަހުންފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  6. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  7. ފީލްޑްގައި މަސައްކަތްކުރުމުގެ ތަޖްރިބާއާއި ގާބިލްކަން ހުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގެރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ . ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްތަދާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

  1. ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން www.energy.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2017  ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އަށެވެ.  ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 20 ނޮވެންބަރު 2017 އާއި 21 ޑިސެންބަރު 2017 އާ ދޭތެރޭގެ ތާރީޚެއްގައި މި އޮތޯރިޓީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %30

އިތުރު މައުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ނަންބަރު 3019100 އަށް ގުޅުއްވުން އެދެމެވެ.

                       06 ސަފަރު  1439  

                       26  އޮކްޓޫބަރު  2017    

26 އޮކްޓޫބަރު 2017