ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް – ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓް އެއް ހޯދުމާގުޅޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން " ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖް" ގެ ނަމުގައި ކުރިއަށް ގެންދާ 04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް މަސައްކަތްތަކަށް ބޭނުންވާ ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓް އައްޔަންކުރުމަށް ބޭނުންވެއެވެ. މިމަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގްރީން ކުލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުންނެވެ.
ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
(ހ) ވޯޓަރ، ނެޗުރަލް ރިސޯސަސް، އެންވަޔަރަމަންޓަލް މެނޭޖްމަންޓް، ސޯޝިއޯ އިކޮނޮމިކް ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން. މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
(ށ) މަސައްކަތާއި ގުޅޭދާއިރާއިން މަދުވެގެން 3 އަހަރުގެ ތަޖުރިބާލިބިފައިވުން. މީގެ އިތުރުން ބައިނަލްއަޤުވާމީ އެހީދޭ ޖަމިއްޔާތަކުގެ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
(ނ) ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުމުގެ ތަޖުރިބާ ލިބިފައިވުން
(ރ) އިޖްތިމާއީ އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބެލުމައްޓަކައި ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް ތައްޔާރު ކުރުމާއި ތަންފީޒުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
(ބ) މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި އަދި ރަށުގެ އާންމު ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިފުން
(ޅ) ދިމާވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، އަދި މަޝްރޫޢުގެ ކަންތައްތަކުގައި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން
(ކ) މައިކްރޯސޮފްޓް އޮފީސް ޕެކޭޖް އަދި އެހެނިހެން ކޮމްޕިއުޓަރ ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން.
(އ) ފަރިތަކަމާއި އެކު ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތް ކުރަން އެނގުން
(ވ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާ ޝެޑިއުލްއާ އެއްގޮތަށް ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 240 ދުވަސް 03 އަހަރު ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 2017ނޮވެމްބަރ 08 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ޕްރޮޖެކްޓް މެނޭޖަރ
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018386
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018386 , 3018318 އަށް ގުޅުއްވުން އެދެމެވެ.