ދިވެހިރާއްޖެ
`
ކިހާދޫ ސްކޫލް
ބ.ކިހާދު ، ދިވެހިރާއްޖެ ނަންބަރ: GS-131/IUL/2017/17
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ ޕީޓީއޭ އިން ހިންގާ ކޮމްޕިއުޓަރ ލެބް ތަރައްޤީކުރުމުގެ ޕްރޮގްރާމްގެ ދަށުން 15 ކޮމްޕިއުޓަރ އަދި 15 ޔޫ.ޕީ.އެސް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ސުކޫލުން ދޭމަޢުލޫމާތާ އެއްގޮތައް މިތަކެތި ބީލަން އުސޫލުން ހޯދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 އޮކްޓޫބަރ 31 ވާ އަންގާރަ ދުވަހު 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެންބަރ 12 އާދިއްތަ ދުވަހު 10:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަންބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް ސީދާ އަންދާސީހިސާބު ހުށައަޅާ ފަރާތަށް ޙާޟިރުވެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށައަޅުއްވާއިރު، ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ހުށައަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށައެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ 6600017 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
05 ޞަފަރަ 1439
25 އޮކްޓޫބަރ 2017