ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)412/412/2017/19
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 07 ނޮވެންބަރު 2017 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާން

                                              ނަންބަރ(IUL)412/412/2017/19 

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ނަމްބަރ: J-291078
ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ގިންތި: ވަގުތީ (24  މަސްދުވަހަށް)

މަޤާމުގެ ރޭންކް: ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

ސެކްޝަން: ފައިނޭންސް

މަޤާމް އޮތް އޮފީސް: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ

މުސާރަ: 4465.00(ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް: 1500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އިތުރު އިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްއިދާރާގެ ޢާމްދަނީއާއި، ބަޖެޓްފައިސާ އަދި އެހެނިހެންފައިސާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
  2. ކައުންސިލްގެ ފައިސާބެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
  3. ކައުންސިލުން މުސާރަ ދިނުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް މުސާރައާއި އެލެވެންސް ދިނުމައްޓަކައި މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވަންޖެހޭ މުސާރައާއި ގުޅުންހުރި ލިޔުންތައް ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެކުރިން އެމިނިސްޓްރީއަށް ފޮނުވުން.
  4. މުވައްޒަފުންގެމުސާރައާއި ،އެލެވަންސް ޙަވާލުކުރުމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމައްފަހު ފެށޭމަހުގެ 1 ވަނަ ދުވަހުގެ ކުރިން  މުވައްޒަފުންނާއި މުސާރަ ޙަވާލުކުރުން.
  5. ޕެންޝަން ފަންޑަށް ޖަމާކުރުމައްޓަކައި މުވައްޒަފުންގެ މުސާރައިން އުނިކުރެވޭ ފައިސާއާއި، ދައުލަތުން މުވައްޒަފުގެ ފަންޑަށް ޖަމާކުރަން ހަމަޖެހިފައިވާ ފައިސާ ޕެންޝަން އޮފީހުގެ އެކައުންޓަށް ޖަމާކުރުން.
  6. ޢާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބޭ ފައިސާއާއި އެހެނިހެން ގޮތްގޮތުން ކައުންސިލަށް ލިބޭ ޢާމްދަނީ ފައިސާ ބަލައިގަނެ، ދުވަހު ފޮތާއި އައިޓަމްބާކީގައި ލިޔެ ތިޖޫރީއަށް ވެއްދުން.
  7. ޢާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބޭ ފައިސާއާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ (ތިޖޫރީގައި ބަހައްޓާފައި ހުންނަ ފައިސާ) ވީއެންމެ އަވަހަކަށއެފައިސާއަކާއި ގުޅޭ އެކައުންޓަކަށް ޖަމާކުރުން.
  8. ކައުންސިލުން ބަލަހައްޓާ 4 އެކައުންޓަށް ޖަމާކުރާ ފައިސާއާއި އެއެކައުންޓުތަކުން ކުރާ ޜަދުތަކުގެހިސާބު ޗެކުކޮށް، ބޭންކް ސްޓޭޓްމަންޓާއި ދިމާކޮށް ފުރިހަމަ ކުރަންޖެހޭ ލިޔުންތައް  ބެލެހެއްޓުން.
  9.   ފައިސާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  10. ލިބޭފައިސާގެ ހިސާބާއި ، ބަޖެޓުން ހަރަދުވާ ފައިސާގެ ހިސާބު ދުވަހު ޔައުމިއްޔާގައި ހިމެނުމަށް ޔައުމިއްޔާ ލިޔުއްވާ މުވައްޒަފާއި ހަވާލުކުރުން.(ކުރީ ދުވަހުގެ ހިސާބު ހިނގާދުވަހު 10.00 ގެކުރިން ހަވާލުކުރުން.)
  11. މުދަލުޒަކާތާއި، ފިޠުރު ޒަކާތް ޙަވާލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  12. ފައިސާގެ މަސައްކަތާއި ގުޅިގެން ސަރުކާރުގެ ނުވަތަ އެނޫންވެސް ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ޒިންމާދާރު ވެރިޔާގެ ލަފަޔާއި އެކު އެފަރާތްތަކަށްފޮނުވާ ލޮގްކޮށްބެލެހެއްޓުން.
  13. ކައުންސިލްގެއިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
  14. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ޙަވާލުކޮށްފި ހިނދެއްގައި އެމަސައްކަތް ކުރުން.

ވަޒީފާގެ މަސައްކަތްތަކާގުޅޭގޮތުން އަޑުގަދަކުރާއިން ކުރަންޖެހޭ އިޢުލާން  ކުރުން.
މަޤާމުގެ ޝަރުތުތައް: 

  1. މަޤާމުގެ މަސައްކަތް ކުރާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލް ކޮއްފައިވުމާއި އެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއި އެކު  ، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން.
މަސައްކަތުގެ ތަޖުރިބާ.
 މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
6.  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
8.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކޮނޑޭ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv މިވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ކޮނޑޭ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 ނޮވެމްބަރ 2017 އާއި 21 ނޮވެމްބަރ 2017 އާއި ދެމެދުގެ ތާރީޚެއްގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ. އެހެންކަމުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާއިން ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ  %25 (ފަންސަވީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820019  ނުވަތަ 7723881 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ

25  އޮކްޓޯބަރ 2017  

25 އޮކްޓޫބަރު 2017