ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2017/156
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 01 ނޮވެންބަރު 2017 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތްތަކެއް ބޭނުންވެއްޖެ - ސާމްޕްލަރ

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމުގެ ދަށުން ލ. މާންދޫ ބަނދަރުގައި ސާމްޕްލިން މަސައްކަތްރާނޭ ފަރާތްތަކެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ޓޫނާ ސާމްޕްލަރުން ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތްކުރާ ތަން:

ލ. މާންދޫ މަސްގަންނަ ބަނދަރު

މުއްދަތު:

މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރުދުވަސް

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ މަހަކަށް -/4،000 ރުފިޔާ. މަސައްކަތް ނުކުރާ ދުވަސްތަކަށް ކަނޑައެޅޭގޮތެއްގެ މަތިން އުޖޫރައިން އުނިކުރެވޭނެއެވެ.

ކުރަންޖެހޭ މަސައްކަތް:

  • މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން، ދުވާލަކު 2 ދޯނިން ގެންނަ މަހުގެ 20% މަހުގެ ދިގުމިނުގެ ހިސާބު ނެގުން. މި މަސައްކަތްކުރާނީ ހަފްތާއަކު 5 ދުވަހުއެވެ.
  • މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން ދުވާލަކު 3 ދޯނީގެ މަސްވެރިކަމުގެ މަޢުލޫމާތު ނަގާ ލޮގް ފޮތް  ފުރިތޯބަލައި، އަދި ލޮގްފޮތް ފުރުމުގައި ދޯނީގެ ކެޔޮޅަށް އެހީތެރިކަން ދިނުން. މި މަސައްކަތް ކުރާނީ ހަފްތާއަކު 5 ދުވަހުއެވެ.
  • މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު ނެގުމުގައި އެހީތެރިވެދިނުން.

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

ޖީ.ސީ. އޯ ލެވެލް ނުވަތަ ސެޓިފިކެޓް ލެވެލް 3 ނިންމާފައިވުން

 

 

 

މި މަސައްކަތް ކުރުމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލ. މާނދޫ ބަނދަރުގައި މަސައްކަތުގައި ދެމި ހުރެވޭނޭ މީހަކަށްވުން
  • ޝައުގުވެރިކަމާއިއެކު މިމަސައްކަތްކުރާނޭ ފަރާތަކަށްވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަސައްކަތްކޮށް ދިނުމަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. މި މަސައްކަތްކޮށް ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. މި މަސައްކަތްކޮށް ދިނުމަށްއެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  5. މިކަމަށް އެދި ހުށައަޅާ ފަރާތަކީ އެ ބަނދަރުގައި ވަޒީފާ އަދާކުރާ ފަރާތެއްނަމަ، މިމަސައްކަތް ކުރުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން ސިޓީއާއި އެކު ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަސައްކަތް ކޮށްދެއްވަން އެދި ވަޑައިގަންނަވާ ފަރާތްތަކުން 1 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް(މެރިން ރިސާރޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިނިސްޓްރީއަށް މި މަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވާފަރާތްތަކުން ސިޓީ ފޮނުއްވުން އެދެމެވެ. މި މަސައްކަތްކޮށް ދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ފޮނުއްވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. މަތީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 14:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.

 

5 ޞަފަރު  1439

       

 

25 އޮކްޓޫބަރު 2017