މުބާރާތް
ނަންބަރު: (IUL)177-A1/1/2017/22
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 29 އޮކްޓޫބަރު 2017 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ޗަންދީގަރު އެޑްމިނިސްޓްރޭޝަން އިން ބާއްވާ "9 ވަނަ ޗަންދީގަރު ނެޝަނަލް ކްރާފްޓްސް މޭލާ" ގައި ދިވެހިރާއްޖެ އިން 2017 ނޮވެންބަރ 2 އިން 12 އަށް ބައިވެރިވުމުގެ ފުރުޞަތު

2017 ނޮވެމްބަރ 2 އިން 12 އަށް އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ "9 ވަނަ ޗަންދީގަރު ނެޝަނަލް ކްރާފްޓްސް މޭލާ" ގައި ދިވެހިރާއްޖެ ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 5 އަތްތެރި މަސައްކަތްކުރާ (ކްރާފްޓްސް) ފަންނާނުންނަށެވެ. މި ފަންނާނުންގެ އެކޮމަޑޭޝަން، ކެއުން އަދި ލޯކަލް ޓްރާންސްޕޯޓް ހަމަޖައްސަވައިދެއްވާނީ ޗަންދީގަރު އެޑްމިނިސްޓްރޭޝަނަން އިންނެވެ. މީގެ އިތުރުން ފެސްޓިވަލް ސްޓޯލް، މޭޒު އަދި ގޮޑި ވެސް ޗަންދީގަރު އެޑްމިނިސްޓްރޭޝަނަން އިން ހަމަޖައްސަވާ ދެއްވާނެއެވެ. ނަމަވެސް އިންޑިޔާއަށް ދިއުމާއި އެބުރި އަހުމުގެ ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 29 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ ކުރިން މިސެންޓަރަށް  އެ ފަންނާނެއްގެ ބައޮގްރަފީ، ފޮޓޯ އަދި ގުޅޭނެ ނަންބަރު ހުށަހެޅުއްވުން އެދެމެވެ. ފެސްޓިވަލް އާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅު ވެލައްވާނަމަ 3832  334 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މި ފެސްޓިވަލްގެ އިތުރު މައުލޫމާތު މި ސެންޓަރުގެ ވެބްސައިޓް www.nca.gov.mv  އިން ވެސް ލިބިވަޑައި ގަންނަވާނެވެ.

25 އޮކްޓޫބަރު 2017