މަސައްކަތް
ނަންބަރު: GS78/IULAAN/2017/10
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 02 ނޮވެންބަރު 2017 13:30
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މިސްކޫލްގެ ޕުލޭގުރައުންޑް މަރާމާތު ކުރުމާއި ގުޅޭ

އިޢުލާން  

 

މިމަދަރުސާގެ ޕްރީސްކޫލް ޕްލޭގުރައުންޑްގެ އަވިދާއެޅުމާއި އިތުރުމަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލް، ޕްރީސްކޫލް ޕްލޭގުރައުންޑްގެ އަވިދާއެޅުމާއި އިތުރުމަރާމާތުތައް  ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ދެވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

މިމަސައްކަތް ކުރުމަށް ކުރިން ކުރެވުނު އިޢުލާނު (ނަމްބަރ: GS78/IULAAN/2017/09) ތިންފަރާތުން އަގުނުލިބުމުގެ ސަބަބުން ވަނީ ކެންސަލް ކުރެވިފައެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

29 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:30

02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 އަދި 7493094 ނަންބަރު ފޯނާއެވެ.

24 އޮކްޓޫބަރު 2017