ޢާންމު މަޢުލޫމާތު
ނަންބަރު: FSM-ADV-2017/043
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 26 އޮކްޓޫބަރު 2017 10:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި ހުރި ބައު ދަގަނޑު ނީލަމުގެ އުސޫލުން ވިއްކާލުމަށް

އިޢުލާން

                 

މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި ހުރި ބައު ދަގަނޑު ނީލަމުގެ އުސޫލުން ވިއްކާލަން ބޭނުންވެއެވެ.

 

މުދަލުގެ ބާވަތް:   ބައު ދަގަނޑު

ތަން:       ފިއުލް ސަޕްލައިސް މޯލްޑިވްސް ބޯޓްޔާޑް، ކ.ތިލަފުށި، 

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 އޮކްޓޯބަރު 2017 ވަނަ ދުވަހުން ފެށިގެން 26 އޮކްޓޯބަރު 2017 އާއި ދެމެދުގެ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ ތިލަފުށި ބޯޓްޔާޑަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށައެޅުން އޮންނާނީ 26 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާގައިއެވެ. އަގު ހުށައަޅުއްވާނީ، ބައު ދަގަނޑު ކިލޯއަކަށް ޖެހޭ ރޭޓުންނެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ހުށައަޅުއްވަން ވާނެއެވެ.

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން ރޭޓް ހުށައަޅުއްވާ ފަރާތަކަށް މިތަކެތި ހުސްކުރުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7667060 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

24 އޮކްޓޫބަރު 2017