ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)290/INDIV/2017/39
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި:
06 ނޮވެންބަރު 2017 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
(IUL)290/INDIV/2017/39 ނަންބަރު:
|
|
ތާރީޚު: 23 އޮކްޓޯބަރ 2017
|
ވަޒީފާގެ ފުރުސަތު
މަޤާމް:
|
ފައިނޭންސް އޮފިސަރ
|
ރޭންކް:
|
އެމް.އެސް.1
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން:
|
ކޯޕަރޭޓް އެފެއަރޒް (މެނެޖީރިއަލް ސަޕޯޓް)
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މުސާރަ:
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
|
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ކަނޑައެޅިފައިވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާ އާއި، ސިވިލްސާރވިސް ޤަވާޢީދުގައިވާ ގޮތުގެމަތީން އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.
|
ގިންތި:
|
ދާއިމީ
|
މަޤާމް އޮތްތަން:
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް
|
ނ.މާފަރު ކައުންސިލްގެ އިދާރާ / ނ.މާފަރު (ކޯޕަރޭޓް އެފެއާރޒް/ އެޑްމިނިސްޓްރޭޝަންބައި)
- ނ.މާފަރު ކައުންސިލް އިދާރާގެ ފައިސާގެ އެންމެހާ ކަންތައްތައް ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން.
- ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ރަސީދުން ބަލައިގަނެ ތިޖޫރީއާއި ހަވާލުވެހުރި ފަރާތާއި ޙަވާލުކުރުން
- މުވައްޒަފުންގެ މުސާރަ ޝީޓާއި އެކަމާއި ބެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، މުސާރަ ގެނައުމާއި މުސާރަ ހަވާލުކުރުމާއި އެކަމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ޙަރަދުކުރެވޭ އެންމެހައި ވައުޗަރތައް ތައްޔާރުކޮށް ފައިސާގެ ރެކޯރޑްތައް ބަލަހައްޓައި ފައިސާ ހަވާލުކުރުން.
- ފައިސާގެ އައިޓަމް ބާކީތައް ބެލެހެއްޓުން.
- ކައުންސިލް އިދާރާގެ ބޭންކް އެކައުންޓްތައް ބެލެހެއްޓުން.
- ކައުންސިލްއިން ނިންމާ ގޮތަކަށް ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ކަނޑައަޅާފައި އޮންނަ ތާރީޙަށް އެކަމާއި ގުޅޭ އިދާރާތަކަށް ފޮނުވުން.
- މުދަލުޒަކާތާއި ފިޠުރު ޒަކާތް ބަލައިގަނެ އޭގެ ހައްޤުވެރިންނަށް ބަހާ، ޒަކާތާއި ބެހޭ އެންމެހައި ރިޕޯރޓްތައް ތައްޔާރުކޮށް ކަމާއިގުޅޭ ވުޒާރާއަށް ފޮނުވުން.
- ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ ފައިސާ އާއި ގުޅޭ އެންމެހައި ރިޕޯރޓްތައް ތައްޔާރުކޮށް، ކަމާއިގުޅޭ އިދާރާތަކަށް ފޮނުވަން ކަނޑައަޅާފައިވާ ތާރީޙަށް ފޮނުވުމާއި އެލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ކޮންމެ އަހަރަކު ހަދަންޖެހޭ ކައުންސިލް އިދާރާގެ މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓް އޮފީހަށް ފޮނުވުމާއި ފައިލްކޮށް ބެލެހެއްޓުން.
- އެކި އެކި ފަރާތްތަކަށް ހަވާލުކުރުމަށް ފޮނުވާ ފައިސާ އެފަރާތްތަކާއި ޙަވާލުކުރުން.
- އިތުރުގަޑީގެ ފޯމާއި، ރިސްކް ފޯމްތައް ފަދަ ފައިސާއާއި ގުޅުންހުރި ފޯމްތައް ހަދައި މުވައްޒަފުންނާއި ޙަވާލުކުރުން.
- ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ބާކީ ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުން.
- މިސްކިތު މުވައްޒަފުންގެ ބަންދު ދުވަސްތަކުގެ ރެކޯރޑް ބެލެހެއްޓުން.
- ވަޤުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތްތަކުގެ ރެކޯރޑް ބެލެހެއްޓުން.
- މުވައްޒަފުންގެ ކްރެޑިޓް ސްކީމް އަދި ޕެންޝަން ސްކީމާއި ގުޅޭ އެންމެހައި ކަންތައްތަކާއި ލިޔެކިޔުންތައް ބެލެހެއްޓުމާއު ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.
- މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަހުގެ ހިސާބުނަގައި ފައިސާ ހޯދުމަށްފަހު ރުއްގަހުގެ ވެރިންނަށް ފައިސާ ޙަވާލުކުރުން.
- ކައުންސިލްތަކުގެ ބަޖެޓާއި ގުޅިގެން ސަރުކާރުގެ ފަރާތުން ބާއްވާ އެކިއެކި ރަސްމީ ވޯރކްޝޮޕްތަކުގައި ބައިވެރިވުން.
|
މަޤާމްގެ ޝަރުތުތައް:
|
01- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
02- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ނުވަތަ
03- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޯށްފައިވުން.
|
ސުންގަޑި:
|
06 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން މިލަދުން މަޑުލުދެކުނުބުރީ މާފަރު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯރމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ޑައުންލޯޑްކުރެވޭނެއެވެ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
އިތުރު ތަފްޞީލް:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 08 ނޮވެމްބަރ 2017 އާއި 23 ނޮވެމްބަރ 2017 އާ ދެމެދު ތާރީޙެއްގައި މިއިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއުއަށް ޙާޟިރުވުމަށް އިންޓަރވިއު ފެށުމުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.
ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯޝްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލްސަރވިސްގެ އަސާސީ ޝަރުތު ފުރިހަމަކުރުމުގައި ބެލޭނެއެވެ. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަށް އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ވަޒީފާ އިޢުލާން ކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު، މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
|
ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރުން
ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަވާނަމަ، އެފަރާތްތަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560005 ނުވަތަ 9754004 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ޞަފަރު 1439ހ
23 އޮކްޓޯބަރ 2017މ