ކުއްޔަށް ދިނުން
ނަންބަރު: (IUL)332-ADHR/332/2017/86
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 05 ނޮވެންބަރު 2017 00:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ތެޔޮތާންގީތަށް ކުއްޔަށް ދިނުން

ކައުންސިލްގެ ތެޔޮތާންގީތަށް ކުއްޔަށް ދިނުން

ކައުންސިލުން ބަނދެފައިވާ ތެޔޮތާނގިތައް، މިއިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް، ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)332-ADHR/332/2017/61 އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ތަފުސީލް

ތާރީޚް

ދުވަސް

ގަޑި

ބިޑް ފޮތް ވިއްކުން

23 އޮކްޓޯބަރ 2017ން 26 އޮކްޓޯބަރ 2017ށް

ހޯމަ-ބުރާސްފަތި

09:00ން 13:30ށް

މަޢުލޫމާތު ސާފުކުރުން.

29 އޮކްޓޯބަރ 2017

އާދީއްތަ

10:30

އަންދާސީ ހިސާބު ހުށަހެޅުން

05 ނޮވެމްބަރ 2017

އާދީއްތަ

10:30

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން މިއިދާރާއަށް ވަޑައިގެން، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މިއިދާރާގެ ނަމްބަރ (IUL)332-ADHR/332/2017/61 އިއުލާނާއި ގުޅިގެން ބިޑް ފޮތް ބައްލަވައިގަނެފައިވާ ފަރާތްތަކަށް އަގަކާއި ނުލައި ބިޑް ފޮތް ދޫކުރެވޭނެއެވެ. މި އިއުލާނާއި ގުޅޭ ބިޑު ފޮތް ވިއްކުން އޮންނާނީ 09:00ން 13:30ށް ހުޅުވާލެވިފައެވެ. ބިޑު ފޮތް ގަތުމުގެ އެންމެ ފަހު ތާރީޚަކީ 26 އޮކްޓޯބަރ 2017އެވެ. ފޮތެއްގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޯބަރ 2017ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ބިޑުފޮތް ބައްލަވައިގަތުމަށް ކައުންސިލް އިދާރާއަށް ހާސިރުވެދެއްވުން އެދެމެވެ. އަދި ދަންނަވަމެ، ބިޑު ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މިއިއުލާނާއި ގުޅިގެން ބާއްވާ ޕްރީ ބިޑް މީޓިންއަށް ދުރުވުމަކީ އިޙްތިޔާރީ ކަމެއްކަމުގައި ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6640071 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

23 އޮކްޓޯބަރ 2017

 

24 އޮކްޓޫބަރު 2017