ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2017/31
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 02 ނޮވެންބަރު 2017 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އިންޓަރން – 3 މަސްދުވަސް

މި އިޢުލާންވަނީ 24 އޮކްޓޫބަރު 2017 11:04 ގައި ބާތިލް ކުރެވިފައެވެ.


ވޮލަންޓިއަރކޮށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން. ( އިންޓަރން – 3 މަސްދުވަސް)

 

ބޭނުންވާ އަދަދު:

2 (އެކެއް)

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މުސާރަ:

މަސައްކަތަށް ނުކުންނަ ކޮންމެދުވަހަކަށް  -/165 ރުފިޔާ

މަސައްކަތްކުރަންޖެހޭ ގަޑި :

ހެނދުނު 8:00 އިން 14:00 މެންދުރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މިބިއުރޯގެ ނެޝަނަލް އެކައުންޓްސް އަދި ޕްރައިޒް އެންޑް އިކޮނޮމިކް ސެކްޝަން

މަޤާމުގެ ޝަރުޠުތައް:

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން  (ހިސާބު، އިކޮނޮމިކްސް، ނުވަތަ އެކައުންޓިންގ)އިން  ދަށްވެގެން "ޑީ' ގްރޭޑް ލިބިފައިވުމާއެކު  ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިންތިހާނުގައި 'ދިވެހި'  މިމާއްދާއިން  ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތަށް ޝައުގުވެރިކަންހުރި މިންވަރު
  • ކޮމްޕިއުޓަރއަށް އަހުލުވެރިވެފައިވާ މިންވަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް)  ކައުންޓަރުންނާއި މިބިއުރޯގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02  ނޮވެމްބަރ 2017  ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކައުންޓަރުންނެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

03 ސަޕަރު 1439 ހ

23 އޮކްޓޯބަރ 2017 މ

23 އޮކްޓޫބަރު 2017