ދިވެހިރާއްޖެ
ނަންބަރު: MRDC-IUL/2017/43
އިޢުލާން
މިކުންފުނީގެ ފުވައްމުލަކު ސައިޓަށް މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓަންޓް ސަރވޭޔަރ ، ގްރޭޑް 3 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 3 – ގްރޭޑް 1 |
މުސާރަ: |
މަހަކު -/5680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެޓެންޑެންސް އެލަވަންސް: |
ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
މި ކޯޕަރޭޝަނުގެ ފުވައްމުލަކު ސައިޓް އޮފީސް (މެނޭޖުމަންޓުން އަންގާ ސައިޓް/ އޮފީސްތަކުގައި) |
ފެންވަރު ނުވަތަ ޝަރުތު: |
- ލޭންޑް ސާރވޭ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ) ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - މަސައްކަތުގައި ބޭނުންކުރާ އާންމު ސޮފްޓްވެއަރތަކަށް އަހުލުވެރި ވެފައި ވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާރވޭތައް ކުރުން ނުވަތަ ކުރުމަށް އެހީތެރިވުން. - ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާރވޭތައް ތައްޔާރުކުރުން. - މަސައްކަތްތަކަށް ބޭނުންވާ ޑިޒައިން ލެވެލްސް ދިނުމާއި މަސައްކަތްތައް ހިނގަނީ ދީފައިވާ ލެވެލްތަކާއި އެއްގޮތަށްތޯ ބަލާ ޗެކްކުރުން. - ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ތިރީގައިމިވާ ތަކެއްޗާއެކު، 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. މިމުއްދަތުގެ ތެރޭގައި ހާޟިރީއަށާއި މަސައްކަތުގެ އަޙްލާޤަށް އަދި ފެންވަރަށް ބަލައި އެކަށީގެން ވާނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
03 ޞަފަރު 1439
23 ނޮވެމްބަރ 2017