ދިވެހިރާއްޖެ
މަސައްކަތް |
ތިނަދޫގައި އޮތް މިކުންފުނީގެ ބިމެއް ތަރައްޤީ ކުރުމަށް ބޭނުންވެއެވެ.
ވީމާ މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް 01 ނޮވެވްބަރު 2017ވާ ބުދަ ދުވަހުގެ 13:00ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާގައި އޮންނާނެ އެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ނޮވެމްބަރު 2017ވާ އަންގާރަ ދުވަހުގެ 13:00އަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ - އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ - ހުޅަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ. - އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން - ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސް ތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެއޮފީހަކުން ދީފައިވާ ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތަކަށެވެ.
|
އަންދާސީ ހިސާބު ހުޅަހެޅުން: |
އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " ތިނަދޫ ބިންތަރައްޤީކުރުމުގެ ޕްރޮޕޯސަލް ހުށަހެޅުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށެވެ.
|
ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން: |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން މާލެ، ދިވެހިރާއްޖެ
|
އިތުރު މަޢުލޫމާތު: |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ3009271/3009211 ނަންބަރު ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 3321559 އެވެ.
|