ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2017/27
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 30 އޮކްޓޫބަރު 2017 12:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޮންސަލްޓަންޓް

މަޤާމް :ޕްރޮޖެކްޓް ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ހިރިގަލު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ ނޮމިނޭޝަން ޑޯޒިއާ ތައްޔާރު ކުރުމުގެ ޕްރޮޖެކްޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް:

ޕްރޮޖެކްޓް ކޮންސަލްޓަންޓް

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

25,000.00 ރުފިޔާ

މަސައްކަތުގެ މުއްދަތު:

01 އަހަރު

ބޭނުންވާ އަދަދު:

01

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

ހަފްތާއަކު 15 ގަޑިއިރު

ވަޒީފާގެ ގިންތި:

ވަގުތީ

މަޤާމުގެ ޝަރުޠު:

 

- ތަރިކައާއި ގުޅުންހުރި ދާއިރާއަކުން ނުވަތަ އާކިޓެކްޗަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ތަރިކައާއި ގުޅުންހުރި ދާއިރާއަކުން ނުވަތަ އާކިޓެކްޗަރގެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

- ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖްރިބާކާރުންނާއިއެކު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން.

- މާއްދީ ތަރިކަތަކާއި ގުޅުންހުރި ތާރީޚީ މަޢުލޫމާތުތައް ދިވެހިބަހާއި އިނގިރޭސި ބަހުން ހާމަކޮށްދެވޭ ފަރާތަކަށްވުން.

- ތަރިކައާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވުން.

- ރިސަރޗް މަސައްކަތްތަކުގެ ތަޖްރިބާހުރި ފަރާތަކަށް ވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިޕާޓްމަންޓް އޮފް ހެރިޓޭޖްއިން ހިންގާ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ މަޝްރޫޢަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  2. ލިސްޓުގައި ހިމެނޭ ކޮންމެ މިސްކިތެއްގެ އާކިޓެކްޗަރަލް ކުރެހުންތަކުގެ ސްޓަޑީ ހެދުން.   
  3. އާކިޓެކްޗަރަލް ކުރެހުންތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުވުން.
  4. ކޮންމެ ސައިޓެއްގެވެސް ބަފަރ ޒޯން ކަނޑައެޅުމުގެ މަސައްކަތް ކުރުން.
  5. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބާއި ގުޅޭގޮތުން ދިރާސާތައް ކުރުން.
  6. އެހެން ގައުމުތަކުގައި ހުރި މިފަދަ ބިނާތަކާއި އާޅާކިޔާ ކޮމްޕެރޭޓިވް އެނެލިސިސް ތައްޔާރުކުރުން.
  7. ދިވެހިރާއްޖޭ އުފެދުނުގޮތާއި މީހުން އާބާދުވިގޮތާއި ދީނާއި ސަގާފަތާއި އާދަކާދައާއި ބެހޭގޮތުން ހިރިގަލު މިސްކިތްތައް މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ކުރުން. 
  8. ދިވެހިރާއްޖޭގެ ޝާޙީ ދަރިފަސްކޮޅު ދެމިގެންއައި ގޮތާއި ދިވެހިރާއްޖޭގައި ފެންނަން ހުރި ހިރިގަލު މިސްކިތްތަކާއި ހުރި ގުޅުމާއިބެހޭ ގޮތުން ދިރާސާތައް ކުރުން.
  9. ދިވެހިރާއްޖެގައި އިހުގައި ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަމާއި، ލިޔެލާޖެހުމާއި ލަކުޑީގެ މަސައްކަތްތެރިކަން އެދުވަސްވަރު ކޮށްފައިވާ ގޮތާއް މިމަސައްކަތްތަކަށް ބޭނުން ކޮށްފައިވާ އާލާތްތަކާއި ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުން.
  10. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބާއި ގުޅޭގޮތުން ދިރާސާތައް ކުރުން.
  11. ދިވެހިރާއްޖޭގައި އޮތް ދީންތަކާއި ޤަބޫލުކުރެވުނު ޤަބޫލުކުރެވުންތައް އަދި މި ހިރިގަލު މިސްކިތްތަކުން ފެންނަމުންދާ ކުރެހުންތަކާއި މި ޤަބޫލުކުރުންތަކާއި ހުރި ގުޅުން ހޯދުމަށް ކުރަން ހުރި ދިރާސާތައް ކުރުން.
  12. ޑިޕާޓްމެންޓުން ތައްޔާރުކުރާ ތާވަލާއި އެއްގޮތަށް ދިރާސާތައް ކުރުމާއި، ނޮމިނޭޝަނަށް ބޭނުންވާ ޑޮޒިއަރ އިންޓަރނޭޝަނަލް ކޮންސަލްޓެންޓާއި ގުޅިގެން ތައްޔާރު ކުރުން.
  13. ތަރިކައާ ގުޅުން ހުރި މަސައްކަތް ތަކުގައި މި ޑިޕާޓްމަންޓަށް ލަފާ ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތު:ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތް ބަޔާންކޮށްފައި).

އިންޓަރވިއު ބޭއްވުން:

ޕްރޮޖެކްޓް ކޮންސަލްޓަންޓެއް ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާއި ގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 02 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 02 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 02 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2017 އޮކްޓޫބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

23 އޮކްޓޫބަރު 2017