ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެދަށުގައި، މިރަށުގެ ބަނދަރުގެ އިރުމަތީކޮޅުގައި ހުރި މަސްމާރުކޭޓު ޢިމާރާތް 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ކުރި މި އިދާރާގެ ނަންބަރު: 368/2017/35 (03 އޮގަސްޓް 2017) އިޢުލާނު ބާޠިލްކޮށް، މި ޢިމާރާތް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މަސްމާރުކޭޓު ކުއްޔަށްހިފަން ބޭނުންވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކަމަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
އިދާރާގެ ޖަލްސާކުރާ މާލަމް |
1 ނޮވެމްބަރ 2017 |
ބުދަ |
11:00 |
ފޯމު ހުށަހެޅުން |
އިދާރާގެ ޖަލްސާކުރާ މާލަމް |
8 ނޮވެމްބަރ 2017 |
ބުދަ |
11:00 |
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް މިކަމަށްއެދޭ ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.