ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2017/478
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 29 އޮކްޓޫބަރު 2017 13:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރާފްޓްސްމަން / އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

              

ނަންބަރު:FNK/A/IUL/478

ވަޒީފާގެ ފުރުޞަތު

.މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ

ޑްރާފްޓްސްމަން

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

އޮޕަރޭޝަންސް ސާރވިސަސް ޑިޕާރޓްމަންޓް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ.

އަސާސީ މުސާރަ:

 (ހ) ހަމަޖެހިފައިވާ އުސޫލުން ހާޟިރީ އަދި ސަރވިސް އެލަވަންސް ލިބޭނެ.

 (ށ) އިތުރު ގަޑީގައި އަދި ރަސްމީ ބަންދުދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އެހެނިހެން އިނާޔަތްތައް:

 (ހ) ސެޓްފިކެޓް ލެވެލް 4 ހާސިލް ކޮށްފައިވުން ( ގުޅުންހުރި ދާއިރާއަކުން)

 (ށ) ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން.

 (ނ) ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖްރިބާލިބިފައިވުން.

 

ފެންވަރު ނުވަތަ ޝަރުތު:

 (ހ) ބްރާންޗް ތަކުގައި އަލަށްއަޅާ ނެޓްވޯކްތައް އަދި އެކްޓެންޝަންތައް ކުރެހުމާއި ރައްކާތެރިކަމާއި އެކު އެތަކެތި ބެލެހެއްޓުން.

 (ށ) ޓެކްވޯރކް ކުރެހުމުގައި އިސްވެރިންގެ ލަފާގެ މަތިން ކުންފުންޏަށް އެންމެ ފައިދާ ހުރި ކަންކަން ނިންމުން.

 (ނ) ބްރާންޗްތަކަށް ބޭނުންވާ އަދު ކުންފުނީގެ އެކި ޕްރޮޖެކްޓް ތަކުގައި ބޭނުންވާ ޕެނަލް ބޯޑް ނެޓްވޯކް ފަދަ ތަކެތި ކުރެހުމާއި އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.

 (ރ) މަސައްކަތް ކުރުމުގައި ކަމާއި ގުޅުންހުރި އިންޖީނިއަރުންގެ ލަފަޔާއި އިރުޝާދު ހޯދުން.

 (ބ) ކުރެވޭ މަސައްކަތް ތަކުގެ ސޮފްޓް ކޮޕީ އަދި ހާޑް ކޮޕީ ބްރާންޗްތަކަށް ފޮނުވުން.

 (ޅ) ކުންފުނިން ކުރާ ހުރިހާ މަސައްކަތެއްގައި އެއްބާރުލުން ދިނުމާއި އިސްކޮށް ތިއްބަވާ ވެރިން އަންގަވާ ކުންފުނީގެ މަސައްކަތްތައް ކުރުން.

 

މަސްޢޫލިއްޔަތު ތައް:

 (ހ) ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

 (ށ) ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު ލިބިފައިވުން.

 (ނ) ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު ލިބިފައިވުން.

 (ރ) ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވުން.

 (ބ) އަމިއްލައަށް އިސްނެގުމާއި ތަފާތުނަސްލުތަކުގެ މީހުނާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވުން.

އެހެނިހެން ހުނަރު:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

އޮޕަރޭޝަންސް ސާރވިސަސް ޑިޕާރޓްމަންޓް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

7500ރ. އާއި 8100ރ އާއި ދެމެދު

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

 (ހ) އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ހާސިލް ކޮށްފައިވުން

 (ށ) ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން.

 (ނ) ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖްރިބާލިބިފައިވުން.

 

ފެންވަރު ނުވަތަ ޝަރުތު:

 (ހ) ބްރާންޗްތަކަށް ބޭނުންވާ ޓްރާންސްފޯމަރ، ސްވިޗްގިއަރ، ކޭބަލްނެޓްވޯކް އެލްވީ އެޗްވީ ނެޓްވޯކް ޑިޒައިން ކުރުމާއި ބްރާންޗްތަކަށް އެކަށޭނެގޮތައް ސްޕެސިފިކޭޝަންތައް ތައްޔާރު ކުރުން.

 (ށ) ބްރާންޗް ތަކުގައި އަލަށްބަހައްޓާ ޓްރާންސްފޯމަރ، ސްވިޗްގިއަރތައް ރީޖަނަލް އޮފީސްތަކާއި ގުޅިގެން އިންސްޓޯލް ކުރުން.

 (ނ) ބްރާންޗްތަކުގެ ނެޓްވޯކް ހާލަތުބަލައި ވޯލްޓޭޖް ޑްރޮޕް އަދި އެހެން މައްސަލައެއް އެޅޭނަމަ ރީޖަނަލް އޮފީސްތަކާއި ގުޅިގެން ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ރިކުއެސްޓްތައްގެނެސް ކަމާއި ގުޅުންހުރި ޑިޕާރޓްމެންޓްތަކަށް ފޮނުވުން.

 (ރ) ބްރާންޗް ތަކުގައި ހުރި ޓްރާންސްފޯމަރ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ޝެޑިއުލްއެއްހަދައި ރީޖަނަލް އޮފީސްތަކާއި ގުޅިގެން ބަލަހައްޓަމުން ގެންދިއުން.

 (ބ) ބްރާންޗްތަކުގައި ކުރެވޭ ގުޅުންހުރި މަސައްކަތް ތަކުގައި ބްރާންޗްތައް އަދި ރީޖަނަލް މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުން.

 (ޅ) އެއްބްރާންޗްއިން އަނެއް ބްރާންޗަށް ތަކެތި ޓްރާސްފަރ ކޮށްގެން މައްސަލަ ހައްލުކުރެވޭކަމަށް ވާނަމް މިފަދަ ކަންކަމުގައި އިސްކޮށް ތިއްބަވާ ކަމާއި ގުޅުންހުރި ފަރާތްކަކާއި މަޝްވަރާ ކުރުން.

 (ކ) ބްރަންޗްތަކުގެ ޓްރާންސްފޯމަރ، ސްވިޗްގިއަރ، ޑިސްޓްރިބިއުޝަން ފޮށި އަދި ނެޓްވޯރކް ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތްތައް ރާވާ ހިންގުމާއި ޤަވާއިދުން ކުރުމަށް ރީޖަނަލް އޮފީސްތަކަށް ބާރުއެޅުން.

 (އ) ޝެޑިއުލްގައިވާ މުއްދަތުގައި ޓްރާންސްފޮމަރ ރީޑިންގ ނެގުމަށް ކޭބަލް ނެޓްވޯރކުގެ ވޯލްޓޭޖް ޑްރޮޕް ޗެކްކޮށް ބެލެހެއްޓުމަށް ރީޖަނަލް އޮފީސްތަކާއި ގުޅިގެން މަސައްކަތް ކުރުން.

 (ވ) މަސައްކަތް ބޭނުންވާ ޓޫލް ފަދަ ތަކެތީގެ ލިސްޓް ތައްޔާރުކޮށް މަސައްކަތައް ދަތިނުވާގޮތައް ޓޫލް ހޯދުމަށް ކަމާއި  ގުޅުންހުރި ފަރާތްތަކަށް ފޮނުވުން.

 (މ) ބްރާންޗްތަކުގެ ކޭބަލް ނެޓްވޯކް ސަރވޭ ކުރުމަށް ރީޖަނަލް އޮފީސްތަކާއި ގުޅިގެން މީހުން ފޮނުވުމާއި އެމަސައްކަތް ކުރުން.

 (ދ) ކޭބަލް ނެޓްވޯކް (އެލްވީ އަދި އެޗްވީ) ގައި ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުމަށް ރީޖަނަލް އޮފީސްތަކާއި ގުޅިގެން މަސައްކަތް ކުރުން.

 

މަސްޢޫލިއްޔަތު ތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  08:00 – 13:30އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

03 ޞަފަރު  1439

23 އޮކްޓޯބަރ 2017

23 އޮކްޓޫބަރު 2017