މަސައްކަތް
ނަންބަރު: (IUL)438-CCD/438/2017/145
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 05 ނޮވެންބަރު 2017 10:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެން.ޑީ.ސީ އިންޕްލިމެންޓޭޝަން ޕްލޭން ރިވިއު އެންޑް އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމައިބެހޭ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން 2015 ވަނަ އަހަރު އެކުލަވާލާފައިވާ އެއްބަސްވުން ކަމުގައިވާ "ޕެރިސް އެގްރީމަންޓް" އަށް ރާއްޖޭގެ ފަރާތުން ހުށަހަޅާފައިވާ ނޭޝަނަލީ ޑިޓާރމިން ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) ތަންފީޒު ކުރުމުގެ އެކްޝަން ޕްލޭން (އެން.ޑީ.ސީ އިންޕްލިމެންޓޭޝަން ޕްލޭން) ތައްޔާރުކުރުމުގެ މަސައްކަތް މިމިނިސްޓްރީ އިން މިދަނީ ކުރަމުންނެވެ.މިދެންނެވުނު އެން.ޑީ.ސީ އިންޕްލިމެންޓޭޝަން ޕިއާ-ރިވިއު އެންޑް އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. 

މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 05 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 10:30 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018341 960+ ފެކްސް: 3018301 960+

23 އޮކްޓޫބަރު 2017