ދިވެހިރާއްޖެ
"މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް"
ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގެ ދަށުން މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަޤްޞަދުތަކުގެ ތެރޭގައި ސަރަޙައްދީ ފެންވަރުގައި މަސަވެރިކަން ތަރައްޤީކޮށް ބެލެހެއްޓުމާއި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ހިންގޭ މަސައްކަތްތަކާއި އަދި އެކުއަކަލްޗަރ ޞިނާޢަތެއް ގާއިމު ކުރުން ހިމެނެއެވެ. މި ޕްރޮޖެކްޓު ފަރުމާ ކުރެވިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި ޕްރޮޖެކްޓަށް މި ފިޔަވަހި ހިންގުމަށްޓަކައި ހިލޭ އެހީގެ ގޮތުގައި، 18 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފިޔަވަހި ހިންގުމަށް ހަމަޖެހިފައިވަނީ 2017 އިން 2021 އަށެވެ.
މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖްކެޓް މެނޭޖްމަންޓް ޔުނިޓަށް ތިރީގައި ދަންނަވާ މަޤާމްތަކަށް ޝައުގެވެރިވާފަރާތްތައް "ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު" މިމިނިސްޓްރީއިން ހުޅުވައިލަމެވެ.
މަޤާމް: ފައިނޭންސް މެނޭޖަރ
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: 30000 – 35000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ ، ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް، މާލެ އަދި ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު
މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އޭ.ސީ.ސީ.އޭ ނަވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ސަރުކާރުގެ ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގެ ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އިސްމަޤާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި އެކައުންޓްސްތައް ތައްޔާރު ކުރުމާއި، ފައިނޭންސް މެނޭޖްކުރުމާއި އަދި ވިޔަފާރީގެ ދާއިރާގެ އިންފޮމޭޝަން ސިސްޓަމް މެނޭޖްކުރުމުގެ މައްސަކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ހޯއްދެވުމަށް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ނަމްބަރު 3322328، އަދ މި މިނިސްޓްރީގެ 3339244 ފޯނަށް ގުޅުއްވުން އެދެން. ނުވަތަ [email protected] އީމެއިލް ފޮނުއްވުނެ އެދެން. އަދި މިނިސްޓްރީގެ ވެބްސައިޓުގެތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.fishagri.gov.mv/images/download/WB_ToR_for_Finance_Manager.pdf
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމްތަކަށް ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރ 29 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖްކްޓް މެނޭޖްމަންޓް ޔުނިޓަށް، (މެރިން ރިސާރޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިނިސްޓްރީ އަށް ވަޒީފާއަށްއެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢްލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި 15:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.
02 ޞަފަރު 1438