ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2017/72
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 01 ނޮވެންބަރު 2017 00:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑަނަ ފިހާރައިގައިހުރި އަވަހަށް ހަލާކުވާ ޒާތުގެ މުދާ ހެޔޮއަގެއްގައި ވިއްކާލުން.

ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރައިގެ ވިޔަފާރިން ގެއްލުންވެ ވިޔަފާރި ހުއްޓާލުމަށްފަހު

އެތަނުގައިހުރި ވިޔަފާރި މުދާ ވިއްކާލުމަށް 2 ފަހަރު އިޢުލާނުކުރުމުންވެސް މުދާ ގަންނާނެ ފަރާތެއްވަނީ ނުވެފައެވެ. ވުމާއެކު އެތަނުގައިހުރި އަވަހަށް ހަލާކުވާ ޒާތުގެ މުދާ ހެޔޮއަގެއްގައި ވިއްކާލާގޮތަށް ނިންމައިފީމެވެ. މުދާ ވިއްކާނީ މާލެއިން ގަންނަން ލިބުނުއަގަށް ނާލާއި މަޖޫރީ ލުމުން ޖެހޭ އަގަށެވެ. މުދާވިއްކުމަށްޓަކައި އައްޑަނަ ފިހާރަ ހުޅުވާފައި ބަހައްޓާނީ ތިރީގައި ދަންނަވާފައިވާ ދުވަސްތަކުގައި ދަންނަވާފައިވާ ގަޑިތަކުގައެވެ.

  1. 2017 އޮކްޓޫބަރު 22 އިން 30 ގެނިޔަލަށް ކޮންމެ ރެއަކު 8:00 އިން 10:00 އަށް.
  2. 2017 ނޮވެންބަރު 1 އިން 5 ގެ ނިޔަލަށް ކޮންމެ ރެއަކު 8:00 އިން 10:00 އަށް.

ވީމާ އައްޑަނަ ފިހާރައިގައިހުރި އަވަހަށް ހަލާކުވާ ޒާތުގެ މުދާ ބައްލަވައިގަންނަވަން ބޭނުންފުޅުވެލައްވާ ބޭފުޅުން މަތީގައިދަންނަވާފައިވާ ތާރީޚުގައި ދަންނަވާފައިވާ ގަޑިތަކުގައި ފިހާރައަށް ވަޑައިގެން މުދާ ބައްލަވަގަތުން އެދެމެވެ.

21 އޮކްޓޫބަރު 2017