ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (FRM)468-U01/468/2017/1008
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 29 އޮކްޓޫބަރު 2017 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރ: (FRM)468-U01/468/2017/1008

 

                އިޢުލާން         

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއިދާރާ އަށް ޔޫ.ޕީ.އެސް  ބެޓްރީ ގަތުމަށް ބޭނުންވާތީ 17 ސެޕްޓެމްބަރ 2017 ވަނަ ދުވަހު ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާއިން ކުރި  ނަންބަރ (IUL)243-S02/243/2017/09 އިޢްލާނާއި، 25 ޖުލައި 2017 ގައި ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާއިން ކުރި  ނަންބަރ  (FRM)468-U01/468/2017/1000 އިޢްލާނަށް އިޖާބަދީ  އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެދެއިޢްލާން ބާޠިލްކޮށް މިއިދާރާގެ ސާވާރ އަށް ޔޫ.ޕީ އެސް  ބެޓްރީ އެއް ގަތުމަށް އަލުން އިޢްލާން ކުރަމެވެ.

 ޔޫ.ޕީއެސްގެ ސްޕެސިފިކޭޝަން  މިއިދާރާއަށް ގުޅުއްވުމުން މެއިލްކޮށް ދެވޭނެއެވެ. ،އަދި ބޭނުންވާ އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން ނަންބަރުތަކަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.  

6865001 ،7782958، 7981626، 7683970

އަންދާސީ ހިސާބާ އެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-     ބިޒްނަސް ޕްރޮފައިލް 

2-     ކުންފުނި ނުވަތަ ތަނުގެ ރަޖިސްޓްރީގެ ކޮޕީ 

3-     އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ , ނުވަތަ އިމްޕޯރޓް ލައިސަންސްގެ ކޮޕީ

4-     ޖީ އެސް ޓީ ރަޖިސްޓްރީގެ ކޮޕީ

5-     އެންމެފަހުން ޖީއެސްޓީ ދެއްކި ރަސީދުގެ ކޮޕީ

6-     ކުންފުނީގެ ޑިރެކްޓަރުންގެ ލިސްޓް ( ނަން، އައިޑީ ކާޑް ނަމްބަރ އަދި އެޑްރެސް)  ( ކުންފުންޏެއް ނަމަ) 

7-     މިއިދާރާގެ މުވައްޒަފަކާއި ތިމާގެ ކަމުގެ ގުޅުން ހުރި ފަރާތެއްނަމަ އެކަން އެގޭނެ ލިޔުން

8-     ސަރުކާރު އޮފީސްތަކަށް މިފަދަ ތަކެތި ސަޕްލައިކޮށް އެފަރާތުން ދީފައިވާ ލިއުންތަކުގެ އަސްލާއެއްގޮތް ކޮޕީ

 މާރކްސް ދެވޭނެ ގޮތް:

  • އަގަށް :  % 70 ( އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
  • ޑެލިވަރީ މުއްދަތު : % 10 ( އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް އެންމެ ކުރު މުއްދަތުކަމަށް  ބަލާނީ އެގްރީމެންޓް ކުރެވޭ ތާރީޚުން ފެށިގެން 03 ދުވަހެވެ.)
  • ތަޖުރިބާ : % 10 ( ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކަށް މިބާވަތުގެ ތަކެތި ސަޕްލައިކޮށް ސަޕްލައިކޮށްދީފައިވާ ފަރާތުން ދީފައިވާ ކޮންމެ ލިއުމަކަށް 01 ޕޮއިންޓް ދެވޭނެއެވެ. ޕޮއިންޓް ދިނުމަށް ގުނޭނީ 10،000.00 ( ދިހަހާސް ) ރުފިޔާ އިން ފެށިގެން މަތީގެ ލިއުންތަކެވެ.
  • ވޮރަންޓީ : % 10 (02 އަހަރުން މަތީގެ ވޮރަންޓީ ހުށަހަޅާ ފަރާތްތަކަށް 10 ޕޮއިންޓް ދެވޭނެއެވެ. 02 އަހަރުން ދަށުގެ ވޮރަންޓީ ހުށަހަޅާ ފަރާތްތަކަށް ވޮރަންޓީ އަށް ޕޮއިންޓް ނުދެވޭނެއެވެ.

ވީމާ މިއިދާރާ އަށް ޔޫ ޕީ އެސް އެއް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017  އޮކްޓޯބަރ  29 ވާ އާދީއްތަ ދުވަހުގެ މެންދުރު    13:00 ގައި މިއިދާރާއަށް  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

22 އޮކްޓޫބަރު 2017