ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 269/269/2017/70
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 30 އޮކްޓޫބަރު 2017 13:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމް/މުދިމް، މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

އިމާމު/މުދިމު (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މިސްކިތްތައް

މުސާރަ:

#

މަޤާމު

ވަޒީފާގެ ޝަރުޠު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

މަސައްކަތް ކުރާ ގަޑިއަކަށް

1

އިމާމު

ޝަރުޠު ހަމަވާނަމަ

GS3

5

56/00ރ

2

މުދިމް

ޝަރުޠު ހަމަވާނަމަ

GS1

5

48/00ރ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ވައިކަރަދޫގެ މިސްކިތްތަކުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދު ކުރުން.
  2. ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި ކަށުނަމާދު ކުރުން.
  3. ރަމަޟާންމަހު ތަރާވީޙް ނަމާދުކުރަން ވަކިފަރާތެއް ކައުންސިލްގެ އިދާރާއިން ހަމަޖައްސާފައި ނުވާނަމަ، މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ
  2. މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  4. ކަތީބުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  5. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ
  6. ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ.

 

މަޤާމް:

މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މިސްކިތްތައް

ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އެއިރަކު މަސައްކަތް ކުރަންޖެހޭ މިސްކިތެއްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މުސާރަ

#

މަޤާމު

ވަޒީފާގެ ޝަރުޠު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

މަސައްކަތް ކުރާ ގަޑިއަކަށް

1

މަސައްކަތު

ޝަރުޠު ހަމަވާނަމަ

SS1

މަސައްކަތް  ކުރަންޖެހޭނީ ދުވާލަކު 5 ގަޑިއިރު މަސައްކަތް ކުރާގޮތަށް ބަހާލައިގެން ކޮންމެ ނަމާދު ވަގުތަކަށް 30 މިނިޓް ހިމަނައިގެންނެވެ.

40/00ރ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނެ ގޮތަށް)
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަވަންވާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮކްޓޯބަރ 30 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6520556 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 އޮކްޓޯބަރ 31 އާ 2017 ނޮވެމްބަރ 13 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގެ ތެރޭގައި  އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520046 ނުވަތަ 6520049 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520556 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

22 އޮކްޓޫބަރު 2017