މަސައްކަތް
ނަންބަރު: GS197-AB/IUL/2017/19
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 12 ނޮވެންބަރު 2017 00:00
ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމައް

                   ނަމްބަރ :GS197-AB/IUL/2016/19  

 

އިޢުލާން

ގއ.ކަނޑުހުދޫ ސުކޫލްގައި  ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 01 ޖަނަވަރީ 2018 އިން 31 ޑިސެންބަރ 2018 ގެ ނިޔަލަށް ވިޔަފާރި އުސޫލުން މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގއ. ކަނޑުހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މިސުކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތައް ކުރިމަތިލެވޭނީ މިހާރު އަމަލުކުރެވެމުންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް އާމްދަނީ ހޯދުމަށް މިފަދަ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ގަވާއިދުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން:     01 ނޮވެންބަރ 2017 ވާ ބުދަ ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުން    12 ނޮވެންބަރ 2017 އާދިއްތަ ދުވަހުގެ 13:00

 

އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް 7983078 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02  ސަފަރު 1439

22 އޮކްޓޯބަރ 2017

22 އޮކްޓޫބަރު 2017