މަސައްކަތް
ނަންބަރު: TCL/PROC-TA/2017/028
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 24 އޮކްޓޫބަރު 2017 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ. ތިލަފުށީ ގައި މަލްޓި-ޕަރޕަސް ބިލްޑިންގ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

 

އިޢުލާން

ނަމްބަރު: TCL/PROC-TA/2017/028

 

ކ.ތިލަފުށީގައި މިކޯޕަރޭޝަނުން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ މަލްޓި-ޕަރޕަސް ބިލްޑިންގ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޕްރޮޕޯސަލްތަކެއް ލިބިފައި ނުވާތީވެ އިޢުލާން ނަމްބަރު  (TCL/PROC-TA/2017/018) ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.

 

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން   އަދި  މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

03 ދުވަސް (ރަސްމީ)

22 އޮކްޓޯބަރ 2017 އިން 24 އޮކްޓޯބަރ 2017 އަށް

09:00 އިން  15:00 އަށް

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑް އޮފީސް

ބުދަ

25 އޮކްޓޯބަރ 2017

13:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

02 ނޮވެމްބަރ 2017

13:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

 

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

21 އޮކްޓޫބަރު 2017

01 ޞަފަރު  1439

 

Fen Building/ 4th floor                      ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives           އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                    ފޯން: 3307513،3307515 ފެކްސް: 3307514

21 އޮކްޓޫބަރު 2017