ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS1/1/2012/85
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 17:49
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޅ.މާފިލާފުށީގައި އިތުރު ޢުމްރާނީ މަސައްކަތެއް ނުކުރުމަށް

އިޢްލާން

2011 ވަނަ އަހަރު، ޅ.މާފިލާފުއްޓަކީ މީހުންދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއި ގުޅިގެން މިރަށުގައި ދިރިއުޅެމުންއައި ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށްޓަވާފައެވެ.

މިގޮތުން، ސަރުކާރުން ކުރައްވަން ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، މިރަށުގައި ދިރިއުޅޭ ޢާއިލާތައް ބަދަލު ކުރުމާއި، އަދި މިރަށުގައި ދިރިއުޅެމުންއައި އާޢިލާތަކުގެ ގޯތިގެދޮރުގައި ކުރައްވާފައިވާ މަސައްކަތްތަކަށް އިންސާފުވެރި ޝަރުޢީ ބަދަލެއް ދެއްވުމަށްވަނީ ނިންމަވާފައެވެ.

ވީމާ، ޅ.މާފިލާފުށީގައިހުރި ގޯތިގެދޮރުގައި ކުރެވިފައިވާ ޢުމްރާނީ މަސައްކަތްތަކުގެ ސަރވޭއެއް މިހާރުކޮށްނިމިފައިވާތީ، އިތުރު ޢުމްރާނީ މަސައްކަތެއް ނުކުރުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

24 ޛުލްޚިއްޖާ 1434

29 އޮކްޓޫބަރު 2013