ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2017/0023
ކުއްޔަށް ދޫކުރުން
ކ. މާފުށި އެމްޓީސީސީ ފެރީ ޓާރމިނަލް ބިނާ ކުރުމަށް ކަންޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން:
ކ. މާފުށި ފެރީ ޓާރމިނަލް އެޅުމަށް ކަނޑައެޅިފައިވާ 5055 އަކަފޫޓު ބިން އަމިއްލަ ޙަރަދުގައި ތަރައްޤީކުރާނެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 23 އޮކްޓޯބަރު 2017 ވާ ހޯމަ ދުވަހު 13:30 އަށް، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މި ބައްދަލުވުމުގައި މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީހިސާބު ހުށައެޅުން އޮންނާނީ 31 އޮކްޓޯބަރު 2017 ވާ އަންގާރަ ދުވަހު 13:30 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
28 މުޙައްރަމް 1439
18 އޮކްޓޯބަރު 2017
A subsidiary of MTCC