ދިވެހިރާއްޖެ
ނަންބަރު: 188-FM/IUL/2017/59
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު |
މަސައްކަތުގެ ތަފްސީލް
ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ ހުންނަ ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ކޮޓަރިތަކެއް ހެދުމާއި އިމާރާތުގެ އެތެރެ އައުކޮށް ރީތިކުރުމުގެ ގޮތުން ބައެއް މަރާމާތުތައް ކުރުން. މި މަސައްކަތުގައި ހިމެނެނީ މައިގަނޑު ތިން ބަޔެކެވެ:
1. ކޮޓަރިތައް ހެދުން.
އެލްމިނިޔަމް ފައްޗާއި ބިއްލޫރި ބޭނުންކޮށްގެން 108 ފޫޓް ދިގު 8 ފޫޓު އުސް މިނުގެ ޕާޓިޝަން ޖަހައި ދޮރާއި ދޮރުފަތް ބަހައްޓައި މީޓިން ރޫމަކާއި 3 ކޮޓަރި ހެދުން.
2. ކާޓަން ހަރުކުރުން.
ކާޓަން ދެމުން، 160 ފޫޓު ދިގު 9 ފޫޓު 5 އިންޗި އުސްމިނުގައި.
3. ކާޕެޓް އެޅުން.
2439 ސްކެއަރ ފޫޓުގައި ޓައިލްސް ކާޕެޓް އެޅުން.
v މީގެ ތެރެއިން ވަކިވަކި މަސައްކަތަށް ނުވަތަ މަސައްކަތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 އޮކްޓޫބަރު 2017 ވާ ބުދަ ދުވަހު 14:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 އޮކްޓޫބަރު 2017 ވާ އާދީއްތަ ދުވަހު 14:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647 ފެކްސް: 3303648
- އީމެއިލް: [email protected] ވެބް ސައިޓް: www.csc.gov.mv
18 އޮކްޓޫބަރު 2017