ދިވެހިރާއްޖެ
ނަމްބަރ: GS01/2017/42
އިޢުލާން
ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަދޫކުރުން
03 ކޮޓަރީގެ 01 އެޕާޓްމަންޓް
އިންޓަރ ގްރޭޓެޑް ހިއުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އައި.އެޗް.ޑީ.ޕީ) ގެ ދަށުން ބ. އޭދަފުށީގައި ގާއިމްކުރެވިފައިވާ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން 01 އެޕާޓްމަންޓް ހުސްވެފައިވާތީ، އެއެޕާޓްމަންޓް ހޯދުމަށް އެދޭފަރާތްތަކުން ދަނާލްގެ ޖާގައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުމަށް އިއުލާން ކުރީމެވެ.
1- އާރު.އެލް.ސީ ގެ އެޕާރޓްމެންޓް ހޯދުމަށް އެދޭ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް
1.1 އޭދަފުށީގެ ރައްވެއްސެއްކަމުގައި ނުވުމާއެކު ދިވެހިރައްޔިތެއް ކަމުގައިވުން
1.2 ހުށަހަޅާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ރަޖިސްޓްރީވެގެން ކިޔަވާނެ މަދުވެގެން 05 ކުދިން ތިބުން
1.3 އެޕާޓްމަންޓް ލިބިއްޖެނަމަ ފޯމު ހުށަހަޅާއިރު ފޯމްގައި ހިމަނާފައިވާ ހުރިހާ ދަރިވަރުން އަދަދަށް ހަމައަށް ތިބުން.
1.4 އޭދަފުށި ނޫން އެހެން ރަށެއްގައި 5 އަހަރު ދިރިއުޅެފައިވާ އާއިލާއެއް ނުވަތަ ފަރާތެއް ކަމުގައިވުން.
1.5 އެޕާޓްމަންޓް ލިބިއްޖެނަމަ އެޕާޓްމަންޓް ހޯދަންއެދޭ ފަރާތް ނުވަތަ އެފަރާތުގެ ދަރިއެއް ނުވަތަ ދަރިން ދަނާލުގައި ދިރިއުޅޭނެ ފަރާތެއްކަމުގައިވުން
1.6 ދަނާލުގެ އެޕާޓްމަންޓެއްލިބި ދޫކޮށްލާފައިވާ ފަރާތެއްނަމަ 02 އަހަރުވެފައިވުން
1.7 އެޕާޓްމަންޓެއް ލިބިފައިވާ ފަރާތަކަށް ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެހެން އެޕާޓްމަންޓަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.
2- އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ބެލޭނެ އެހެނިހެން ކަންކަން
2.1 ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ނުވަތަ މަރުހަލާއެއް ފުރިހަމަކުރަން އޭދަފުށްޓަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.
2.2 މިހާރު ދަނާލުގައި ކުދިންނޫޅޭ ރަށެއްގެ ކުދިންނަށާއި އާއިލާތަކަށް އިސްކަންދެވޭނެއެވެ.
3- ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލު
3.1 ދަނާލުގައި ބޭތިއްބުމަށް ހުށަހަޅާ ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް (ގިނަވެގެން 8 ކުދިންނަށް) ޖުމްލަ 40 ޕޮއިންޓް
3.2 ދަނާލުގައި މިހާރު ކުދިން ނޫޅޭ ރަށެއްގެ އާއިލާއެއް ނަމަ 10 ޕޮއިންޓް
3.3 ބ.އޭދަފުށީ ބަހިއްޔާ ޕްރީސްކޫލްގައި ކިޔަވާ ދަރިވަރުންނާއި، އޭދަފުށީގައި ހުންނަ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ޕޮއިންޓެއް ނުލިބޭނެއެވެ.
3.4 ކުރިމަތިލާ ފަރާތްތަކަށް މި އުސޫލުން ޕޮއިންޓް ދިނުމުން ދެފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށް ލިބުނު ޕޮއިންޓް އެއްވަރުވެއްޖެ ނަމަ އެޕާޓްމެންޓް ލިބޭ ފަރާތް ކަނޑައަޅާނީ ތިރީގައިވާ ތަރުތީބުންނެވެ.
(ހ) އެންމެ ފުރަތަމަ ބަލާނީ އެންމެ ގިނަކުދިން ގެންގުޅެން ހުށަހަޅާފައިވާ ފަރާތެކެވެ. މިހާރު ދަނާލުގެ ރަޖިސްޓްރީގައިވާ އެއްވެސް ދަރިވަރަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. ނަމަވެސް އެޕާޓްމަންޓަށް ކުރިމަތިލާ ފަރާތުގެ ދަރިންނަށް ޕޮއިންޓް ދެވޭނެ.
(ށ) ކުދިންގެ އަދަދު އެއްވަރު ނަމަ ދެން ބަލާނީ ދަނާލުގައި މިހާރު ދިރިނޫޅޭ ރަށެއްގެ އާއިލާ އެއްތޯ އެވެ.
(ނ) ށ.ގައިވާ އުސޫލުންވެސް އެއްވަރު ވެއްޖެ ނަމަ ދެން ބަލާނީ، އެއާއިލާއެއްގެ އުފަންރަށުން ލިބެން ނެތް ތައުލީމެއް ހޯދުމަށް އޭދަފުށްޓަށް ބަދަލުވާ އާއިލާއެއްތޯ އެވެ.
(ރ) ނ.ގައިވާ އުސޫލުންވެސް އެއްވަރުވެއްޖެ ނަމަ އެޕާޓްމެންޓް ލިބޭ ފަރާތެއް ކަނޑައަޅާނީ އެއްވަރުވީ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
4- ހުށަހަޅަންޖެހޭ ލިޔުންތައް
1.8 ފުރިހަމަ ކޮށްފައިވާ "ދަނާލުން ޖާގަ ހޯދުމަށްއެދޭ ފޯމް"
1.9 ފޯމް ހުށަހަޅާފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ
4.3 އެޕާޓްމަންޓްގައި ދިރިއުޅޭނެކަމަށް ފޯމްގައި ބަޔާންކުރާ ދަރިވަރުންނާއި އެހެން މީހުންގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ
4.4 ބ.އަތޮޅު ތަޢުލީމީ މަރުކަޒުން ޖާގަ ލިބިއްޖެނަމަ، ފޯމާއެކު ހުށަހަޅާ ދަރިވަރުން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވާނެ ކަމަށް އެދަރިވަރުންގެ ބެލެނިވެރިން ސޮއިކޮށްފައިވާ ލިޔުން.
4.5 އެޕާޓްމެންޓް ލިބިއްޖެނަމަ އެޕާޓްމެންޓް ހޯދަންއެދޭ ފަރާތް ނުވަތަ އެފަރާތުގެ ދަރިއެއް ނުވަތަ ދަރިން އެޕާޓްމެންޓްގައި ދިރިއުޅޭނެ ކަމުގެ އިގުރާރުގެ ސިޓީ.
4.6 ފޯމާއެކު ހުށަހަޅާ ކުދިންނަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ޖާގަ ލިބޭނެކަން އަންގައިދޭ އެ މަރުކަޒުގެ ލިޔުން.
5- ބ.އޭދަފުށީ އާރް.އެލް.ސީ އެޕާޓްމަންޓް ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް
ތިން ކޮޓަރީގެ އެޕާރޓްމަންޓެއް މަހަކު -/3000 (ތިންހާސް) ރުފިޔާ
ދަނާލުން ޖާގަދޫކުރެވޭނީ އެކަމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިއުލާނުގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ދަނާލްގެ ޖާގައަށް އެދޭފޯމް ރަސްމީގަޑީގައި މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 13 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިންނެވެ.
އެތާރީހުގެ ފަހުން ހުށަހަޅާފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
18 އޮކްޓޯބަރ 2017
އަހުމަދު ރަފީޢު
ޕްރިންސިޕަލް