ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/2017/70
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 30 އޮކްޓޫބަރު 2017 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރ ޕޯޓް އަޅާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާއި ބެހޭ

 ކުޅުދުއްފުށީ އެއާރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތާއި ގުޅޭ ގޮތުން، އެއާރޕޯޓް ހިމެނޭ ސަރަހައްދުގައިވާ ރުއް، ގަހުގައި މިއިދާރާއިންވާނީ ރަތްކުލައިގެ ސްޕްރޭ ދަވާދުން ނަންބަރ ޖަހާފައެވެ. މިގޮތުން މިއިދާރާއިން ނަންބަރ ޖަހާފައިވާނީ ކަނދުބުޑުލީ ރުކާއި، ގަސްގަހުގެ ވަށަމިނުގައި 30cm ވުރެ ބޮޑެތި ގަސްގަހުގައެވެ.

 ވީމާ، އެއާރޕޯޓު ސަރަހައްދުކަމަށް ފާހަގަ ކުރެވިފައިވާ ސަރަހައްދުން އެއްވެސް ފަރާތެއްގެ ރުކެއް، ނުވަތަ ގަހެއްގައި ނަންބަރު ޖެހިފައިނުވާނަމަ އެކަމުގެ ޝަކުވާ 30 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ބަލައިގަތުމާއި، ނަންބަރ ޖެހިފައިނުވާ ތަކެތީގައި ނަންބަރ ޖެހުން އޮންނާނީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 08:00 ން 11:00 އަށެވެ.  

 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޮކްޓޫބަރު 2017