ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: TCL/PROC-TA/2017/027
ތިލަފުށި ކޯޕަރޭޝަންއިން ކ.ތިލަފުށީގައި އިމާރާތް ކުރުމަށް ނިންމާފައިވާ "މަލްޓިޕާރޕަސް ބިލްޑިންގ" ގެ ސްޓަރކްޗަރަލް އިންޖިނިއަރިންގ ޑިޒައިން އަށް ބޭނުންވާ ގްރައުންޑް ބެއަރިންގ ޓެސްޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ކަންކުރުމުގެ ފެންވަރުހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
| 
 ތަފްޞީލް  | 
 ތަން  | 
 ދުވަސް  | 
 ތާރީޚް  | 
 ގަޑި  | 
| 
 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން  | 
 ޓީސީއެލް ހެޑް އޮފީސް  | 
 07 ދުވަސް (ރަސްމީ)  | 
 18 އޮކްޓޯބަރ 2017 އިން 26 އޮކްޓޯބަރ 2017 އަށް  | 
 09:00 އިން 15:00 އަށް  | 
| 
 މަޢުލޫމާތު ކަރުދާސް ދޫކުރުން  | 
 ޓީސީއެލް ހެޑް އޮފީސް  | 
 ހޯމަ  | 
 30 އޮކްޓޯބަރ 2017  | 
 13:00 ގައި  | 
| 
 ޕްރީ ބިޑް މީޓިންގ  | 
 ޓީސީއެލް ހެޑް އޮފީސް  | 
 ބުރާސްފަތި  | 
 02 ނޮވެމްބަރ 2017  | 
 10:30 ގައި  | 
| 
 ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން  | 
 ޓީސީއެލް ހެޑް އޮފީސް  | 
 ބުދަ  | 
 08 ނޮވެމްބަރ 2017  | 
 13:30 ގައި  | 
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
 - ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
 - މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
 - ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
 
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
17 އޮކްޓޯބަރ 2017
27 މުޙައްރަމް 1439
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514