ދިވެހިރާއްޖެ
ނަންބަރު : IUL)415/INDIV/2017/10)
އިޢުލާން
މިއިދާރާއިން (10 އޮކްޓޯބަރ 2017) ވަނަ ދުވަހު ކުރި ނަންބަރު (IUL)415/415/2017/8 އިޢުލާނުގައި ތާރީޙް ނުބައިކޮށް ލިޔެވިފައިވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން:
ސިނާޢީ މަސައްކަތްތަކަށް ބިން ކުއްޔަށް ދިނުމަށް މި އިދާރާއިން ކުރި ނަމްބަރ (IUL)415/415/2015/63 (17 ޑިސެމްބަރ 2015) އިޢުލާނަށް އިޖާބަދިން ފަރާތްތަކުގެ ތެރެއިން N7-7 އަދި N7-8 (ގޯސިޔާގެ ފުރަގަހުން އޮތް 2000 އަކަފޫޓްގެ 2 ބިން) ބިން އެވޯރޑް ކުރި ފަރާތުން ބިމުގެ އެއްބަސްވުމުގައި ސޮއިނުކޮށް ގިނަދުވަސްތަކެއް ވެފައިވާތީ މި 2 ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި ބިންތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް މަދުވެގެން -/1ރ (އެއް ރުފިޔާގެ) ރޭޓުންނެވެ. އަދި ބިމުގައި ކުރާ ސިނާޢީ މަސައްކަތަކީ އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫ ނުވާނެ މަސައްކަތަކަށް ވާންވާނެއެވެ.
ވީމާ މި، ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހު 13:30 އަށް މި އިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހު 13:30އަށް މިއިދާރާގެ ޖަލްސާކުރާ މާލަލަމަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ހުށަހަޅުއްވާ ބިޑްތަކުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ބިޑްތައް ބާޠިލު ކުރެވޭނެއެވެ.
27 މުޙައްރަމް 1439
17 އޮކްޓޯބަރ 2017