ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)233-ADS/233/2017/15
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:08
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ހެދުމަށް އެޑްމިނިސްޓްރޭޓިވް ފީއެއް ނެގުން
އިޢުލާން
|
މި އިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ދިނުމަށް، އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި -/100 (އެއްސަތޭކަ) ރުފިޔާ ޚިދުމަތަށް އެދޭ ކޮންމެ ފަރާތެއްގެ އަތުން ނެގުމަށް، ކައުންސިލުން ވަނީ ނިންމަވާފަ އެވެ.
ވީމާ، 2017 ނޮވެމްބަރ 01 ވަނަ ދުވަހުން ފެށިގެން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތަށް، -/100 ރުފިޔާ އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ނަގަމުންދާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
26 މުޙައްރަމް 1439
16 އޮކްޓޫބަރ 2017
16 އޮކްޓޫބަރު 2017