ދިވެހިރާއްޖެ
އިޢުލާން
ޒުވާނުންގެ އިނާމް 2017އަށް ނަންހުށަހެޅުމުގެ ފުރުޞަތު މުއްދަތު އިތުރުކުރުން
މި މިނިސްޓްރީގެ ނަމްބަރ: (IUL)141-YDE/141/2017/55 (24 ސެޕްޓެމްބަރ 2017) ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ އިޢުލާނުގައިވާ "ޒުވާނުންގެ އިނާމް 2017" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު 31 އޮކްޓޯބަރ 2017ވަނަ ދުވަހުގެ 12.00އަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، "ޒުވާނުންގެ އިނާމް" އަށް ނަން ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 31 އޮކްޓޯބަރ 2017ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް (ވެލާނާގެ 3ވަނަ ފަންގިފިލާއަށް) އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތުގެ އިތުރުން،
މި މިނިސްޓްރީގެ އީމެއިލް: [email protected] މެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަންތައް ހުށަހަޅުއްވާ ފަރާތްތަކުން ރަށު ކައުންސިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި އިނާމްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 25 ސެޕްޓެމްބަރ 2017ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ.
27 މުޙައްރަމް 1439