ދިވެހިރާއްޖެ
ނަމްބަރު: IUL)22-E/1/2017/325)
އިޢުލާން
ކޮމްޕިޔުޓަރ ލެބް ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
މި މިނިސްޓްރީގެ ފަރާތުން އިސްކަންދަރު ސްކޫލަށް ކޮމްޕިޔުޓަރ މޭޒު އަދި ގޮނޑި ހޯދުމަށް ކުރި IUL)22-E/1/2017/296) ނަންބަރު އިއުލާނަށް ހުށައަޅާފައިވާ އަނދާސީ ހިސާބުތަކުން އެއްވެސް ފަރާތެއް ފާސްވެފައި ނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ތިރީގައި މިދަންނަވާ ފަރުނީޗަރު އިސްކަންދަރު ސްކޫލަށް ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.
35 ކޮމްޕިޔުޓަރ މޭޒު
35 ކޮމްޕިޔުޓަރ ގޮނޑި
މަޢުލޫމާތު ސާފުކުރުން:
މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޫބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާޑޮކިޔުމަންޓް އަދި މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނީ ހަމައެކަނި މައުލޫމާތު ސެޝަންގައެވެ. މި ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
އަންދާސީ ހިސާބު ހުށައެޅުން/ހުޅުވުން:
އަންދާސީ ހިސާބު ހުށައެޅުމަށް އަދި ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.