ދިވެހިރާއްޖެ
ހުޅުދެލީސްކޫލް
ދ. ހުޅުދެލި
ދިވެހިރާއްޖެ ނަންބަރު: GS-171/IUL/2017/18
އިޢުލާން
2018ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2018 ވަނަ އަހަރު މިސްކޫލްގެގޯތި ތެރެއާއި ޢިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވާތީ ރަސްމީ ދުވަސްތަކާއި ނުރަސްމީ ދުވަސްތަކުގައި ސެކިއުރިޓީ ބަލަހައްޓައި ދެވިދާނޭ ފަރާތްތަކުން 25 އޮކްޓޫބަރު 2017 ވާ ބުދަ ދުވަހުގެ 10.00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮކްޓޫބަރު 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބާއިއެކު ސިޓީ ހުށައެޅުއްވުމަށް އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ
27 މުޙައްރަމް 1439
17 އޮކްޓޫބަރު 2017