ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2017/9
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 29 އޮކްޓޫބަރު 2017 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:  (IUL)25-A5/25/2017/9

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު:  J-212680

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން: ސައުތު އޭޝިއާ ޑިވިޜަން 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-  ރާއްޖޭގައި ދިރިއުޅޭ ދެކުނު އޭޝިއާ ޤައުމުތަކުގެ ރައްޔިތުންގެ ޑިޓެންޝަން އަދި ރިލީޒްގެ ކަންތައްތައް ރާއްޖޭގެ ކަމާބެހޭ އިދާރާއިން މިނިސްޓްރީއަށް އެންގުމުން އެކަން އެޤައުމެއްގެ ސަރުކާރަށް އެންގުން.

2-      މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީގެ އިސްބޭފުޅުން ދެކުނު އޭޝިއާ ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުފުޅުތަކަށް ބޭނުންވާ ޓިކެޓް ގަތުން، ގިފްޓްސް، ދަތުރުފައިލް ފަދަ ކަންތައްތައް ނިންމުމަށް އެހީތެރިވުން.

3-  ޑިވަޜަނުން ބާއްވާ ބައްދަލުވުންތަކުގައި މީޓިންގ ރޫމް ބުކްކުރުން.އަދި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެއިން/ބޭފުޅުން ރިސީވްކުރުން. އަދި މީޓިންއަށް ޑްރިންކްސް/ފެންފުޅި ބޭނުންވާނަމަ އެކަން ހަމަޖެއްސުން.

4-      ޑިވިޜަނުން ތައްޔާރުކުރާ ބްރީފް ޕޭޕަރ އަށް އެހެން ޑިޕާރޓްމަންޓް/މިނިސްޓްރީ ތަކުން ބޭނުންވާ މަޢުލޫމާތު ހޯދުން އަދި އެމަޢުލޫމާތު ޑިރެކްޓަރާ ހިއްސާކުރުން.

ޝަރުޠު(ތައުލީމާއި ތަޖުރިބާ)

 

1-      މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް،ޤާނޫނީ ދާއިރާ، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-       މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

4-      މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-134720

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން: އީ.ޔޫ އެންޑް ޔޫރަޕް ޑިވިޜަން 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެމަތިން، ޔޫރަޕްގެ ޤައުމުތަކުގައި ރާއްޖޭގެ މަސްލަހަތު ކުރިއަރުވައި، ޔޫރަޕްގެ ޤައުމުތަކާ ދެމެދުއޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.

2-      ޔޫރަޕްގެ ޤައުމުތަކުގައި ޑިޕްލޮމެޓިކް އަދި ކޮންސިޔުލަރ އޮފީސްތައް ޤާއިމްކުރުމާއި އެޤައުމުތަކުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތައް ރާއްޖޭގައި ޤާއިމުކުރުމާބެހޭ މަސައްކަތްކުރުން.

3-      ޔޫރަޕް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުންނާއި އޮނަރަރީ ކޮންސުލް ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތާއި އަދި ރާއްޖެއިން ޔޫރަޕް ޤައުމުތަކަށް އައްޔަންކުރައްވާ ސަފީރުން އަދި އޮނަރަރީ ކޮންސުލްއިން ހަމަޖެއްސުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.

4-      ދައުލަތުގެ އިސްވެރިން ޔޫރަޕްގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކާ ބެހޭ މަސައްކަތްތައް ކުރުން.

5-      ރާއްޖެއާއި ޔޫރަޕްގެ ޤައުމުތަކާ ދެމެދު ކުރާ އެއްބަސްވުންތަކުގެ މަސައްކަތްތައް ކުރުން.

6-      ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށްދޭ ތަމްރީނު ފުރުޞަތުތަކަށް ހަމަޖެހިފައިވާ އުސޫލުން ކަމާބެހޭ އޮފީސްތަކަށް ފޮނުވުން. އަދި ޔޫރަޕްގެ އެކި ޤައުމުތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުން

7-      ޑިވިޜަނުން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރު ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، ޤާނޫނީ ދާއިރާ، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1.  މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1.  މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-147803

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން: ޕަބްލިކް އިންފޮމޭޝަން ޔުނިޓް 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-               މިނިސްޓްރީގެ ވެބްސައިޓް އަޕްޑޭޓް ކުރުން – ޚަބަރު، މެސެޖް، މިޝަންސްތަކުގެ މަޢުލޫމާތު އަދި ވަޒީފާގެ އިޢުލާން

2-               މިނިސްޓްރީގައި ހިނގާ އިވެންޓް ތަކުގެ ފޮޓޯ/ވީޑިއޯ ނެގުމާއި ފޮޓޯ/ވީޑިއޯ ޑޭޓާބޭސް ބެލެހެއްޓުން.

3-               މަލްޓިމީޑިއާ މަސައްކަތް ކުރުން

4-               ދިވެހި ރާއްޖޭގެ ޚާރިޖީ ދާއިރާގައި ހިނގާ ހުރިހާ ކަމެއްގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި އަދި ބޭރުގެ މީޑިއާ ތަކާއި ހިއްސާ ކުރުމާއި ގުޅޭގޮތުން ކުރަށްޖެހޭ މަސައްކަތްތައް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      މަޤާމުގެ މަސައްކަތާ ގުޅޭ (މާސް ކޮމިއުނިކޭޝަން، ފޮޓޯގްރަފީ، ޖަރނަލިސަމް، މަލްޓިމީޑިއާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2-      މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

3-      މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

4-     މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-134714

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން: ޔޫއެން ޑިވިޜަން  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      ދިވެހިރާއްޖެއިން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން. އަދި ބޭރު ޤައުމުތަކުން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގެ މެޓްރިކްސް ކޮންމެ ހަފުތާއަކު ތައްޔާރުކޮށް ނިއުޔޯކާއި ޖެނީވާގައި ދިވެހިރާއްޖޭގެ ފަރާތުން ހުންނަ އދ. ގެ ދާއިމީ މަންދޫބުގެ އޮފީސްތަކަށް ފޮނުވުން.

2-      އެކި ޤައުމުތަކުގެ ބްރީފް ޕޭޕަރ އަށް ބޭނުންވާ މަޢުލޫމަތު ތައްޔާރުކޮށް ބައިލްޓްރަލް ޑިޕާޓްމަންޓަށް ފޮނުވުން.

3-      ޔޫ.އެން އާއި ބެހޭ ތަފާތު މަސައްކަތްތަކާއި ބެހޭގޮތުން ބްރީފް ޕޭޕަރ ހަދާ ޕޮޒިޝަން ޕޭޕަރ ތައްޔާރު ކުރުން.

4-      އދ. ގެ ޖަލްސާތަކުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި ކުރައްޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.

5-      ޔުނައިޓަޑް ނޭޝަންސް ޖެނަރަލް އެސެމްބްލީގެ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާއިމެދު ރިސަރޗް ހެދުމާއި ކަރުދާސްތައް ތައްޔާރު ކުރުމަށް އެހީތެރިވުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، ޤާނޫނީ ދާއިރާ، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ؛

2-      މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

3-      މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

4-      މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ:4465.00 ރ.

ސަރވިސް އެލަވަންސް: 1500.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު:J-118377

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެޑްމިނިސްޓްރޭޝަން ޑިވިޜަން 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      މިނިސްޓްރީއަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ ޤަވާއިދުން އެންޓަރ ކުރުން

2-      މިނިސްޓްރީއަށް އަންނަ ލިޔެކިއުންތައް ޤަވާއިދުން އެކަމާބެހޭ ސެކްޝަނަކާ ޙަވާލުކުރުން

3-      މިނިސްޓްރީގެ ރިސެޕްޝަނަށް އެކި އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުން

4-      މިނިސްޓްރީއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން

5-      ދިވެހިރާއްޖޭގެ މިޝަންތަކަށް މިނިސްޓްރީން ފޮނުވާ މޭލްބޭގްގެ މަސައްކަތައް ކުރުން.

6-      މިނިސްޓްރީގެ މީޓިންގތަކަށް މީޓިންގް ރޫމުތައް ތައްޔާރުކުރުން.

7-      ޑިސެޕްޗް ކުރުމުގެ މަސައްކަތްތައް.

ޝަރުޠު(ތައުލީމާއި ތަޖުރިބާ)

 

1- މަޤާމުގެ މަސައްކަތާ ގުޅޭ )މެނޭޖްމަންޓް / އެޑްމިނިސްޓަރޭޝަން / ހިއުމަން ރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޤާނޫނީ ދާއިރާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އިތުރު އިނާޔަތް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރާއްޖޭން ބޭރުގައިވާ ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީ ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

(އެމް.އެސް 2)

ތަޢުލީމާއި ތަމްރީން 45%

މަސައްކަތުގެ ތަޖުރިބާ 15%

ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް/ އިމްތިހާން) 40%

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

(ޖީ.އެސް 3)

ތަޢުލީމާއި ތަމްރީން 38%

އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5%

 މަސައްކަތުގެ ތަޖުރިބާ  14%

ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް/ އިމްތިހާން) 43%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/dv/mediacentre/iulaanވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޯބަރ 2017 ވާ އާދިއްތަދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،  5ނޮވެމްބަރ 2017 އާއި 20ނޮވެމްބަރ 2017  އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މިގޮތުން ދެވޭ އިމްތިހާން އޮންނާނީ 5 ނޮވެމްބަރ – 15 ނޮވެމްބަރ 2017  ދެމެދުގެ ތާހީހެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނީ ތިރީގައިމިވާ މިންގަނޑުތަކުންނެވެ.

ސީނިއަރ ޑެސްކް އޮފިސަރ

ޑެސްކް އޮފިސަރ

ތައުލީމާއި ތަމްރީން 30%

ތައުލީމާއި ތަމްރީން 50%

ތަޖުރިބާ 30%

ތަޖުރިބާ 50%

ހުނަރު (އިމްތިހާން) 40%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ސީނިއަރ ޑެސްކް އޮފިސަރ 35%

ޑެސްކް އޮފިސަރ 30%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                     

 

‏16‏ އޮކްޓޯބަރ‏ 2017

16 އޮކްޓޫބަރު 2017