ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)319/319/2017/29
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 31 އޮކްޓޫބަރު 2017 14:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ޑްރައިވަރ ބޭނުންވެއްޖެ

މަޤާމް :ޕިކަޕް ޑްރައިވަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕިކަޕް ޑްރައިވަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިޕާޓްމަންޓް / ސެކްޝަން:

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސާރވިސް

މަޤާމް އޮތް އޮފީސް:

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޕިކަޕް ދަތުރުތައް މިއިދާރާއިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

2. ހަވާލުކުރެވިފައިވާ އުޅަނދު ފޮޅާ ސާފުކޮށް ބެލެހެއްޓުން، ހަފްތާއަކު 1 ފަހަރު، ފެނުންދޮވެ ސާފުކޮށް ބެލެހެއްޓުން

2. މިއިދާރާއިން ޙަވާލުކުރެވިފައިވާ އެއްވެސް ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ދިމާވެއްޖެނަމަ، ހަމަޖެހިފައިވާ ގޮތެއްގެ މަތިން އެއުޅަދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ އިސްމުވައްޒަފަކާ ގުޅިގެން ކުރުން.

3. ހަވާލުކޮށްފައިވާ ވެހިކަލްގެ މެއިންޓަނަންސް ބެލެހެއްޓުން.

4. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުން

5. އޮފީހުގެ ދަތުރު ކަނޑައެޅިފައިވާ އޮންނަ ގަޑިއަކަށް ފަރުވާތެރިކަމާއެކު ކުރުން، އަދި ބަލިވުމުގެ ސަބަބުން އޮފީހަށް ޙާޒިރު ނުވެވިއްޖެނަމަ، ރިޕޯރޓް ކުރަންޖެހޭ ވެރިއަކަށް ދަންނަވައިގެން މަސައްކަތަށް ދަތި ނުވާ ގޮތަކަށް ކަންކަން ރޭވުން.

6. ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާ ޤަވާއިދުން ވެހިކލް ދުއްވުމާއި، ޕާރކް ކުރުން.

7. މީގެ އިތުރުންވެސް ކުނިމެނޭޖް ކުރުމާއި ބެހޭގޮތުން ކައުންސިލުންނިންމާ ނިންމުންތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން

މަޤާމުގެ ޝަރުޠުތައް:

 1. ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C1 ފާސް އޮތުމާއެކު، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 2. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން، ނުވަތަ ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮކްޓޫބަރު 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލްއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެސް: [email protected]     

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ނޮވެންބަރު މަހުގެ 5 ކާއި 15 އާއި ދެމެދުގެ ތާރީޚެއްގައި، މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލްއިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%25 (ފަންސަވީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600056 ނަންބަރު ފޯނާއެވެ.

16 އޮކްޓޫބަރު 2017